twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކައުންސިލުތަކުގެ މާލީ ބަޔާން ތައްޔާރުކުރާނެ އޮންލައިން ޓްރެއިނިންގ ޕްރޮގުރާމެއް އިފްތިތާހްކޮށްފި

އަބްދުލް ވާހިދު ޙަސަން
Jan 29, 2020

ލޯކަލް ކައުންސިލުތަކުގެ މާލީ ބަޔާން ތައްޔާރުކުރުމުގެ އޮންލައިން ޓްރެއިނިންގ ޕްރޮގުރާމް އޮޑިޓަރ ޖެނެރަލް އޮފީހުން އިފްތިތާހްކޮށްފި އެވެ. ކުޅުދުއްފުށީގައި މިއަދު ފެށި މާލީ ބަޔާން ތައްޔާރުކުރުމަށް ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމުގެ ތެރެއިން އިފްތިތާހްކުރި މި އޮންލައިން ޕްރޮގުރާމް އިފްތިތާހްކޮށްދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

މި ބައްދަލުވުމުގައި ބޮޑުތިލަދުންމަތީގެ 44 ކައުންސިލަކުން ޖުމްލަ 66 މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިއްޔަތު ވިދާޅުވީ، މި އޮންލައިން ޓްރެއިނިންގި ޕްރޮގުރާމާއެކު މާލީ ބަޔާންތައް ހެދުމަށް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން 20 ދުވަހުގެ ތެރޭގެ ހެދި މި ޓްރެއިނިންގ ގައިޑްގެ ސަބަބުން، އަމިއްލަ އޮފީހުގައި ތިބެގެން މާލީ ބަޔާން ތައްޔާރުކުރެވިގެންދާނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ލުއި ފަސޭހައެއްކަމުގައި ޒިއްޔަތު ފާހަގަކުރެއްވި އެވެ.

މިއަދު އިފްތިތާހް މިކުރެވުނު އޮންލައިން ޓްރެއިންގ ޕްރޮގުރާމް އޮޑިޓަރ ޖެނެރަލް އޮފީހުގެ ވެޓްސައިޓާއި އެ އޮފީހުގެ ޔޫޓިއުބް ޗެނަލްއިން ލިބެންހުންނާނެ އެވެ.

ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހާއްސަކޮށް އެސަރަހައްދުގައި މިއަހަރު އޮޑިޓް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިއްޔަތު ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355