ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށްޓަކައި ޕްރޮގުރެސިވް ކޯލިޝަނުން ޓީމުން ހދ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެޓީމަށް މަރުހަބާ ކިޔައިފި އެވެ.
ޕްރޮގުރެސިވް ކޯލިޝަނުން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށްޓަކައި އެޓީމުން ހދ.އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އިތުރަށް އެކޯލިޝަނުން ބުނީ މިދަތުރުފުޅުގައި ރަށްރަށުގައި ރައްޔިތުންނާއި ބައްދަލުކޮށް ޕީޕީއެމްއިން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން މިރޭ މަކުނުދޫގެ މާދަމާ ނޮޅިވަރަމް އަދި މާދަމާ ރޭ ނޮޅިވަރަންފަރުގައި ހުކުރުދުވަހުގެރޭ ކުޅުދުއްފުށީ ޖަލްސާ ބޭއްވޭނެކަމަށެވެ.
މިދަތުރުފުޅުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބްރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގައްސާން މައުމޫނުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ އިތުރުން ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވަޑައިގަންނަވައެވެ.
މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ޕްރޮގުރެސިވް ކޯލިޝަން ޓީމް ވަޑައިގަތުމުން އެއާޕޯޓް ސަރަހައްދުން ވަނީ ޕީޕީއެމަށާއި ރައީސް ޔާމީނަށް ތާއިދުކުރައްވާ ބޭފުޅުންވަނީ އެޓީމަށް މަރުހަބާ ކިޔާފަ އެވެ. އަދި އެޓީމްގެ ބޭފުޅުންވަނީ ކުޅުދުއްފުށީ ޕީޕީއެމް ހަރުގެއަށް ޒިޔާރަތް ކެންޑިޑޭޓުންނާ ޕީޕީއެމަށް ސަޕޯޓް ކުރާފަރާތްތަކާއި ބައްދަލުކޮށްފަ އެވެ.
ލޯކަލް އިންތިހާބަށް ކުޑަތަންވެގެން އަންނައިރު ޕީޕީއެމްގެ އިތުރުން އެމްޑީޕީ އިންވެސްދަނީ އަތޮޅުތެރެއަށް ދަތުރުކޮށް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.