twitterviber whatsapp telegramfacebookyoutube instagram
23rd April 2026

ވަޒީފާއަށް އެދޭ ހުރިހާ ފަރާތްތަކުގެ ކުށުގެ ރިކޯޑް ހުށައަޅަންޖެހޭ ގޮތަށް ބަދަލުކޮށްފި

ޚަދީޖާ އާދަމް
Jan 30, 2020

ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ހުރިހާ ފަރާތްތަކުގެ ކުށުގެ ރެކޯޑު ހުށަހަޅަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

މި ބަދަލާއެކު ބައެއް މުއައްސަސާތަކަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ކުށުގެ ރެކޯޑު ސާފުކުރަން އެދި ހުށަހަޅާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވުމުން މަސައްކަތްތައް ވެސް ވަނީ އިތުރުވެފަ އެވެ.

ކުރިން އޮންނަ ގޮތުން، ސިވިލް ސާވިސްގެ ވަޒީފާ އަށް ކުރިމަތިލާ އިރު ކުށުގެ ރެކޯޑު ހުށަހަޅާކަށް ނުޖެހެ އެވެ. ފަސް އަހަރުގެ ކުށުގެ ރެކޯޑު ހުށަހަޅަން ޖެހެނީ ކުރިމަތިލާ މީހުންގެ ތެރެއިން އެ ވަޒީފާއަކަށް ހޮވޭ މީހުން އެކަންޏެވެ.

ސީއެސްސީގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ ވަޒީފާ އަށް އެދޭ އެންމެން ކުށުގެ ރެކޯޑާ އެކު ހުށަހަޅަން ޖެހުމަކީ ގާނޫނުގައި އެކަން އޮންނަ ގޮތް ކަމަށާއި ކޮމިޝަނުން 2014 ގައި ލުޔެއް ދީ ހަމަޖައްސާފައި އޮތީ ވަޒީފާ އަށް އެ މީހަކު ހަމަޖައްސާތާ ތިން މަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށް ހުށަހެޅޭ ގޮތަށް ކަމަށެވެ.

ހޯދާ ކުށުގެ ރެކޯޑް ތިން މަސް ދުވަސް ވަންދެން ބޭނުންކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭރުން އެ ތިން މަސް ދުވަހުގެ ތެރޭގައި ވަޒީފާތަކަށް އެދޭ އިރު އެ ރެކޯޑްތައް ހުށައެޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355