twitterviber whatsapp telegramfacebookyoutube instagram
25th September 2026

އަވަށްޓެރި އިންޑިއާއިންވެސް ކޮރޯނާވައިރަސް ފެނިއްޖެ

ނަބީލާ އިސްމާޢީލް
Jan 30, 2020

އަވަށްޓެރި އިންޑިއާއިންވެސް ކޮރޯނާވައިރަސް ޖެހިފައިވާ މިހާކު މިއަދު ފެނިއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާވައިރަސް ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން އިންޑިއާ އަށް ދަތުރުކުރި ދަރިވަރެއްގެ ގައިން ކަމަށެވެ. މި ދަރިވަރު ފެނިފައިވަނީ އިންޑިއާގެ ކެރެލާ އިންނެވެ.

ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ބުނީ ވައިރަސް ފެނުނު މީހާ އަށް ހޮސްޕިޓަލްގެ އައިޒޮލޭޝަން ވޯޑެއްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި ޑޮކްޓަރުން ދަނީ ބަލި މީހާގެ ހާލަތު ވަރަށް ގާތުން ބަލުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި ވައިރަސް އަށް ޝައްކު ކުރެވޭ 400 މީހުން ކެރެލާގައި އޮބްޒަވޭޝަނުގައި އެބަތިބި ކަމަށެވެ.

އަދި ޖެނުއަރީ 1 ގެ ފަހުން ޗައިނާ އިން ދަތުރުކޮށްފައިވާ މީހަކު ނަމަ ހުން އައުންފަދަ އަލާމާތެއް ފެންނަ ނަމަ އެންމެ ކައިރީގައިވާ ސިއްހީ ފަރުވާދޭ މަރުކަޒަކަށް ރިޕޯޓް ކުރުމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން އިލްތިމާސް ކުރެ އެވެ. ވޫހާންގައި ފެތުރޭ ވައިރަސް ޗައިނާގެ ހުރިހާ ހިސާބަކަށް ވެސް މިހާރު ވަނީ ފެތުރިފަ އެވެ.

އިންޑިއާއާ އެކު ކޮރޯނާވައިރަސް ފެނުނު ގައުމުތަކުގެ އަދަދު މިހާރު ވަނީ 17 އަށް އަރައިފަ އެވެ. ބަލިޖެހިގެން މިހާތަނަށް 170 މީހުން މަރުވެފައިވާ އިރު 7،711 މީހުންނަށް ވައިރަސް ވަނީ އަރައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293