twitterviber whatsapp telegramfacebookyoutube instagram
11th November 2026

އުލިގަމަށް ހާއްސަކޮށްގެން ބޭއްވި ޔޮޓު މަހާސިންތާ ނިންމާލައިފި

ނަބީލާ އިސްމާޢީލް
Feb 1, 2020

ހއ. އުލިގަމަށް ހާއްސަކޮށްގެން ކަސްޓަމްސްގައި ކުރިއަށްގެންދިޔަ "ޔޮޓު މަހާސިންތާ" ނިންމާލައިފި އެވެ.

އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހާއްސަ މަހާސިންތާއެއް މިއަދު ކަސްޓަމްސް ބިލްޑިންގގައި ފަށައިފިއެވެ. މި މަހާސިންތާގެ މަޤްސަދަކީ ހއ. އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރު މަދުވެފައިވާ ސަބަބުތައް ދެނެގަތުމާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް މަގުފަހިކުރުމެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި މިކަމާގުޅޭ ތަފާތު 15 އިދާރާއަކުން 45 މަންދޫބުން ބައިވެރިވެޑައިގަންނަވާއިރު މި ހުރިހާ މުއައްސަސާތަކަކުންވެސް މި މައްސަލައަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްްވަރާކުރާނެއެވެ. މިއަދުގެ މި މަހާސިންތާގައި ސަރުކާރުގެ އެކިއެކި މުއައްސަސާ ތަކުންނާއި އަދި ކަމާ ގުޅޭ ޖަމިއްޔާތަކުން މި މައްސަލައާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންތައްތަކާއި އެކަންކަން ހައްލުކުރުމަށް ހުށަހަޅާ ކަންކަމުގެ މައްޗަށް ބިނާކޮށް ޕްރެސެންޓޭޝަން ހުށަހަޅާނެއެވެ.

މި މަހާސިންތާ ނިމިގެންދާއިރު އުލިގަމަށް ޔޮޓްފަހަރު އައުން މަދުވެފައިވަނީ ކޮން ސަބަބުތަކާހުރެ ކަން އެގިގެންދިޔުމުގެ އިތުރަށް އެ މައްސަލަތަކަށް މުއައްސަސާތަކުން ހުށަހަޅާ ހައްލުތައް ފާހަގަވިގެންދާނެކަމަށާއި މިގޮތުން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ތައްޔާރުކުރެވޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއާ ހިއްސާކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293