އެމްޑިޕީ ޕްރައިމަރީން ކުޅުދުއްފުށީ 6 ދާއިރާއިން ޓިކެޓް ކާމިޔާބު ކުރި މެންބަރުން ޔަގީންވެފައިވާއިރު އެމްޑީޕީން މޭޔަރުކަމުގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި މުހައްމަދު އާތިފަށް ވަނީ ލިބިފަ އެވެ.
މުހައްމަަދު އާތިފަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބިފައިވަނީ އެމްޑިޕީން އެ މަގާމަށް ކުރިމަތިލި އަހުމަދު އާތިފަށް ޓޫރިޒަަމް މިނިސްޓްރީގެ ނައިބުގެ މަގާމު ދެއްވުމުން އޭނާގެ ނަން އަނބުރާ ނެންގެވުމުންނެވެ.
ކުޅުދުއްފުށީ ސިޓީ 6 ގެ ތެރެއިން 1 ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާއަކަށްވެސް އެމްޑީޕީ 1 ކެޑިޑޭޓަށް ވުރެ ގިނައިން ކުރިމަތިލާފަވެއެވެ
އެގޮތުން ކުޅުފުއްފުށީ އުތުރުދާއިރާއަށް ކުރިމަތިލި ހަމައެކަނި އެމްޑީޕީ ކެޑިޑޭޓަކީ ހދ ކުޅުދުއްފުށީ، ރޯމާ މުހައްމަދު ދާއޫދެވެ. އޭނާ ވަނީ ޕްރައިމަރީ ކާމިޔާބުކުރައްވާފަ އެވެ.
ކުޅުުދުއްފުށީ ހުޅަނގު އުތުރު ދާއިރާއަށް އެމްޑީޕީ 4 ބޭފުޅުން ކުރިމަތިލާފައިވާއިރު މި ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ ހދ ކުޅުދުއްފުށީ، އިރުވައި އަހުމަދު އަބްދުﷲ (ރޯޒޭ) އެވެ.
ކުޅުުދުއްފުށީ އަންހެނުންނަށް ހާއްސަކުރި ދާއިރާކަމަށްވާ މެދު އުތުރު ދާއިރާއަށް އެމްޑީޕީ 4 ބޭފުޅުން ކުރިމަތިލާފައިވާއިރު މި ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ ހދ ކުޅުދުއްފުށީ، ނޫރު އައިމިނަތު މަޖީދާ އެވެ. އަދި އަންހެނުންނަަށް ހައްސަ ކުރި ދެވަނަ ދާއިރާކަމަށްވާ ކުޅުދުއްފުށީ މެދު ދެކުނު ދާއިރާއަށް ދެ ބޭފުޅުން ކުރިމަތިލެއްވިއިރު މި ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ ހދ ކުޅުުދުއްފުށީ، ދިވެހިގެ އާތިފާ އަލީ އެވެ.
ކުޅުުދުއްފުށީ ހުޅަނގު ދެކުނު ދާއިރާއަށް އެމްޑީޕީ 2 ބޭފުޅުން ކުރިމަތިލާފައިވާއިރު މި ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ ހދ ކުޅުދުއްފުށީ، ކަށިކެޔޮގަސްދޮށުގެ ރިޟްވާން މުހައްމަދެވެ.
ކުޅުުދުއްފުށީ އިރުދެކުނު ދާއިރާއަށް އެމްޑީޕީ 3 ބޭފުޅުން ކުރިމަތިލާފައިވާއިރު މި ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ ހދ ކުޅުދުއްފުށީ، ފަލަކު އަލީ އަހުމަދެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 4 ވަނަ ދުވަހުއެވެ.