އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކުދިން ސުކޫލަށް ނުފޮނުވުމަށާއި ރަނގަޅު ވަންދެން ގޭގައި ބެހެއްޓުމަށް އެޗްޕީއޭގެ އެޕިޑަމޮއޮލޮޖިސްޓް އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވަނީ ސުކޫލު ބަންދުކަރަން ރެކޮމެންޓޭޝަން ނުދޭ ހާލަތުގައި ވެސް ކުއްޖަކު ބަލިވެއްޖެނަމަ އެކުއްޖާ އެއްކޮށް ރަނގަޅު ވަންދެން ގޭގައި ބެހެއްޓުމަށް އިރުޝާދަ ދެއްވާފަ އެވެ.
މި ބައްދަލުބުމުގައި އިތުރަށް އެ ބޭފުޅާވަނީ މިވަގުތު ރާއްޖޭގައި ޔަގީންވާ އެއްވެސް ކޭސްއެއް ނެތް ކަމަށާއި ކޮންފޯމް ކޭސްއެއް އައުމުން ހާލަތާ ގުޅިގެން ސުކޫލުތައް ބަންދުކުރަން ރިކޮމެންޑޭޝަނެއް އައިސްދާނެ ކަމަަށް ވަނީ ވިދާޅުވުވެފައެވެ.
ޗައިނާއިން ފެނިގެން އެކި ގައުމުތަކަށް މިހާތަނަށް ފެތުރިފައިވާ މި ވައިރަސްއިން މިހާތަނަށް 300 އަށް ވުރެން ގިނަ މީހުން މަރުވެފައިވާއިރު މިބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާރު ވަނީ ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ބެލުމަށް ތާމަލް ކެމެރާ ބޭނުންކުރަން ފަށާފަ އެވެެ.