twitterviber whatsapp telegramfacebookyoutube instagram
22nd May 2025

މާއްދާއެއްގެ ގޮތުގައި ޤުރުއާން ކިޔަވާދިނުމަށް ނިންމައިފި

ޚަދީޖާ އާދަމް
Feb 2, 2020

ގައުމީ އާ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެގޮތުން މިދިޔަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކޮށް ގްރޭޑް 9 ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދޭން ފަށާފައިވާކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ ޤުރުޢާން މާއްދާއަކީ އިހްތިޔާރީ މާއްދާއެއް ނޫންކަމަށާއި އަދި މިއަހަރުގެ ދިރާސީ އަހަރާއެކު ގްރޭޑު 10 ގެ ދަރިވަރުންނަށްވެސް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދެމުންދާކަމަށްވެސް އެ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެންތިބޭ ހުލްގު ހެޔޮ ދަރިވަރަކަށް ހެދުމަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355