twitterviber whatsapp telegramfacebookyoutube instagram
23rd April 2026

މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު މަޖިލީހަށް ހުށައަޅަނީ

ޚަދީޖާ އާދަމް
Feb 3, 2020

ވަޒީފާ އަދާކުރާ މީހުންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް ރައްޔިތުން މަޖިލީހުގެ މި ދައުރަށް ހުށައެޅުމަށް ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން 56 ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ގަސްތުކުރައްވާ ކަމަށާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލްވެސް ރައްޔިތުން މަޖިލީހުގެ މި ދައުރަށް ހުށައެޅުމަށް ގަސްތުކުރައްވާކަމަށެވެ.

56 ބިލުގެ ތެރެއިން 32 ބިލަކީ މިހާރު އަމަލުކުރަމުން އަންނަ ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ހުށަހަޅާ ބިލުތަކެވެ. އަދި 24 ބިލަކީ މުޅިން އަލަށް އުފައްދާ ގާނޫނުތަކާ ބެހޭ ބިލުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ދެއްކި މިސްރާބަށް ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި ސަރުކާރަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެ މުހިންމު ބައިވެރިއަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ބިލްތައް ފާސްކުރުމުގައިވެސް، މި އިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީން ކުަރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް 49 ބިލެއް ފޮނުވައިފަ އެވެ. އޭގެ ތެރެއިން މަޖިލީހުން ވަނީ 27 ބިލެއް ފާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355