twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބަޖެޓް ތަންފީޒުކުރުމަށް މުވައްޒަފުން އިތުރުކުރަން އުޅުމުން އެލްޖީއޭއިން މަޑުޖައްސާލަން އަންގައިފި

އަބްދުލް ވާހިދު ޙަސަން
Feb 4, 2020

ބޮޑު ބަޖެޓާއެކު ކައުންސިލްތައް ހަވާލުކުރި ބޮޑު ޒިންމާއާއެކު އެ ހިދުމަތްތައް އެންމެ ރަނގަޅު ރައްޔިތުން ފޯރުކޮށްދިނުމުގެ ގޮތުން ކުޅުދުއްފުށީ ކައުންސިލަށް އިތުރު މުވައްޒަފުން މިއަހަރު ނަގަން ނިންމާފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ބޮޑު އާބާދީއަކަށް ހިދުމަތް ދިނުމަށް އެކަށީގެންވާ އަދަދަކާ ގާތަށްވެސް މުވައްޒަފުން ކައުންސިލްގައި ނެތް ކަމަށެވެ.

އެކައުންސިލުން ކުޅުދުއްފުށީގައި ދިރިއުޅޭ 12 ހާހެއްހާ ބޮޑު އާބާދީއެއްގެ އިތުރުން ރީޖަނަލް ހޮސްޕިޓަލުގައި ވިހާ މަރުވާ މީހުންގެ ރަޖިސްޓްރީތައް ބަލަހައްޓަ އެވެ.

އަބުދުލް ލަތީފް ވިދާޅުވީ، މުވައްޒަފުން ނެގުމަށް ކައުންސިލަށް މިއަހަރު ލިބުނު ބާރާއެކު މުވައްޒަފުން އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ލަތީފް ވިދާޅުވީ ބަޖެޓް ތަންފީޒުކުރެވެން އަންނަނީ މުވައްޒަފުން އިތުރަށް ނަގައިގެން ކަމަށެވެ.

ނަމަވެސް ލޯކަލް ކައުންސިލް ގަވަރުމެންޓް(އެލްޖީއޭއިން) އެކައުންސިލަށް އަންގާފައިވަނީ މިވަގުތަށް މުވައްޒަފުން ނެގުން މަޑުޖައްސާލުމަށްށެވެ. އެހެން އެކަން އެންގީ މުވައްޒަފުންގެ އާ އޮނިގަނޑެއް ފަރުމާކޮށް ތައްޔާރުކުރަމުންދާތީ ކަމަށްވެ އެވެ.

އެކަމަށް އިޝާރާތްކުރައްވަމުން ލަތީފް ވިދާޅުވީ، ބޮޑު ބަޖެޓާއެކު ކައުންސިލަށް އިތުރު ޒިންމާތަކެއް ހަވާލުކުރެވިފައިވާ ކަމަށާ އެ ޒިންމާތަކާ އެ ހިދުމަތްތައް ކައުންސިލަށް ދެވެން އަންނަނީ މުވައްޒަފުން އިތުރުކޮށްގެން ކަމުން، އެލްޖީއޭއާ ވާހަކަދައްކައިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކުޅުދުއްފުށީ ފަދަ ބޮޑެތި އާބާދީތައް އޮންނަ ކައުންސިލްތަކުގައި އިދާރީގޮތުން ގިނަ މުވައްޒަފުންތަކެއް މަސައްކަތްކުރަމުންދާއިރު ކުޅުދުއްފުށީ ކައުންސިލްގައި މަސައްކަތް ކުރަނީ 18 އެއްހާ މުވައްޒަފުންނެވެ. ކުޅުދުއްފުށީ އާބާދީއާ ގާތްކުރާ އާބާދީއެއް އޮންނަ ދެކުނު ރަށެއްގެ ކައުންސިލްގައި 100 އެއްހާ މުވައްޒަފުން މަސައްކަތްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355