twitterviber whatsapp telegramfacebookyoutube instagram
9th June 2025

އޫރިދޫގެ ކޮންމެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ނިންމައިފި

ނަބީލާ އިސްމާޢީލް
Feb 5, 2020

އުރީދޫގެ މި އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާ އަކަށް 3.30 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

އެ އަދަދަށް ހިއްސާގެ ފައިސާ ބަހަން ފާސްކުރާނީ އަންނަ މާރޗު މަހު ބާއްވާ އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި ހިިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށް އެކުންފުނިން ބުނެވެ.

އުރީދު އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އުރީދޫން ވަނީ އެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހާފަ އެވެ. އެއީ ހިއްސާއަކަށް 3.20 ރުފިޔާ އެވެ. އެގޮތުން އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ބަހާފައިވެ އެވެ.

އަންނަ މާރޗު މަހު އޮންނަ އަހަރީ އާއްމު ޖަލްސާގެ އެޖެންޑާ އާއި ޖަލްސާ އޮންނަ ތާރީހު މި މަހުގެ 16 ކުރިން އުރީދޫގެ ވެބްސައިޓުގައި އިއުލާން ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މި އަހަރު ހިއްސާ ބަހަން ހަމަޖެހިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގައި ކަމަށް ވެސް އެ ކުންފުނިން ބުންނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355