twitterviber whatsapp telegramfacebookyoutube instagram
17th August 2026

އުތުރުގެ ބައެއް ރަށްތަކަށް ބިންހެލުމެއްގެ އަސަރުކޮށްފި

ނަބީލާ އިސްމާޢީލް
Feb 6, 2020

އުތުރުގެ ބައެއް އަތޮޅުތަކުގެ ބިންގަނޑަށް ބިންހެލުމެއްގެ އަސަރުކޮށްފި އެވެ. ނަމަވެސް މި ލޮޅުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާނުކުރެވޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައި ކަމަށެވެ. އެގޮތުން ބެލިބެލުމުގައި ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖޭގެ ގަނޑިން ބުދަ ދުވަހުގެރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރިކޯޑްކުރެވިފަވާ ކަމަށް މެޓުން އޮފީހުން ބުނެ އެވެ. މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ލަފައެއް ނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

ބިންހެލުމުގެ އަސަރު ހއ. އިހަވަންދޫ، އުތީމް، ހޯރަފުށީގެ އިތުރުން ށ. އަތޮޅުގެ ބައެއް ރަށްތަކަށާއި ކުޅުދުއްފުށީ ސިޓީ އަދި ހދގެ އެހެން ބައެއް ރަށްތަކަށްވެސް ކޮށްފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355