twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ވެލާ ރިސޯޓްގެ މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 46000ރ

Feb 6, 2020

ވެލާ ޕްރައިވެޓް އައިލެންޑުގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 3006.26 ޑޮލަރު (46،356ރ.) ބަހައިފި އެވެ. "މޯލްޑިވްސް ސާވިސް ޗާޖް" ގައި އާއްމު ކޮށްފައިވާ މިދިޔަ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ވެސް ވެލާއިންނެވެ.

މިއީ އޭގެ ކުރީގެ މަހާ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް އަޅާ ބަލާއިރު 25،859ރ. އިތުރު ވުމެކެވެ. މިދިޔަ ޑިސެމްބަރު މަހު އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވަނީ 20،497ރ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ޖެނުއަރީ މަހު ދެވަނަ އަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި ވަނީ 2,533 ޑޮލަރު ނުވަތަ 39,063 ރުފިޔާ ލިބިފަ އެވެ. މިލިސްޓްގައި މިދިޔަ ޑިސެމްބަރުމަހު ރަންދެލި އޮތީ އެއްވަނައިގަ އެވެ. ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ރަންދެލި ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 1,903 ޑޮލަރު ނުވަތަ 29,348 ރުފިޔާ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ޖެނުއަރީމަހު ތިންވަނަ އަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ. ވަން އެންޑް އޮންލީގެ ކޮންމެ މުވައްޒަފަކަށް ޖެނުއަރީމަހު ސާވިސް ޗާޖުގެ ގޮތުގައި ވަނީ 2,465 ޑޮލަރު ނުވަތަ 38,010 ރުފިޔާ ލިބިފަ އެވެ. މިލިސްޓްގައި މިދިޔަ ޑިސެމްބަރު މަހު ވަން އެންޑް އޮންލީ އޮތީ އެއްވަނާގައި އެވެ. ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ވަން އެންޑް އޮންލީގެ ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 822 ޑޮލަރު ނުވަތަ 12,675 ރުފިޔާ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި 151 ރިސޯޓް ހިންގަމުން ގެންގޮސްފައިވާއިރު މުވައްޒަފުންނަށް ސާވިސް ޗާޖު ދޭ ގޮތުގެ ތަފްސީލްތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހާމަކޮށްފައިވަނީ އެންމެ 67 ރިސޯޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355