twitterviber whatsapp telegramfacebookyoutube instagram
3rd July 2026

ކުމުންދޫގައި ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެނީ

ޚަދީޖާ އާދަމް
Feb 6, 2020

ހދ ކުމުންދޫގައި ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އަންގައިިފި އެވެ. ކުމުންދޫ ސިއްހީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ދުވަސްވަރު ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެމުންދާތީ މި ބައްޔަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށެވެ.

އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމަށާއި ގިނައިން ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ސެނަޓައިޒާ ބޭނުން ކުުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

މީގެ އިތުރުން ބަލިޖެހިފައިވާ މީހުން ބަލި ރަނގަޅު ވަންދެން ގޭގައި މަޑުކުރުމަށާއި ބަލި މީހާވަކިން ގެންގުޅެ، އެ ބަލި ޖެހިފައިވާ މީހާ ބޭނުން ކުރާތަކެތި ވީވަރަކުން އަތްލުން މަދުކޮށް ކޮންމެ ދުވަހަކު ދޮވުމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ހުންއައިސް ހަށިގަނޑުގައި ރަތްކުލައިގެ ބިހި ނުވަތަ ފޮޅު ނެގުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަަރަށް ދެއްކުމަށާއި އަދި ހުން އައިސް ރޯގާޖެހިފައި ހުރިނަމަ ސްކޫލަސް ނުފޮނުވުމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ގިނަމީހުން އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މި ދުވަސްވަރު ނުރޭވުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355