twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޕީޕީއެމް ޕްރައިމަރީ: ކުޅުދުއްފުށީގައި ވޯޓުލުން ފެށިގެން ކުރިއަށް

އިބްރާހިމް ހަމީދު
Feb 7, 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބާއްވާ ޕީޕީއެމް ޕްރައިމަރީ ވޯޓް ލުން ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ. ކުޅުދުއްފުށީގައި ޕީޕީއެމްގެ ދަފްތަރުގައި 939 މެމްބަރުން ތިބެ އެވެ.

މިއަދު މެންދުރުފަހު 2:45 ގައި ޕްރައިމަރީ ވޯޓްލުން ފެށިފައިވާއިރު އޭގެ ތެރެއިން މޭޔަރާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި އާއި ހުޅަނގު އުތުރު ދާއިރާ އަދި އިރުދެކުނު ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ޕްރައިމަރީ އަކާއި ނުލާ މިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ އެސިޓީގެ ޕީޕީއެމް ޓިކެޓް ކަށަވަރުވެފަ އެވެ.

ކުޅުދުއްފުށީ ސިޓީގައި މިއަދު ޕްރައިމަރީގައި ވޯޓްލުން ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީ މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާގެ އިތުރުން ހުޅަނގު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރައްވާ ކެންޑިޑޭޓުންގެ އިތުރުން ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ މެދުގައި އެވެ.

ޕީޕީއެމުން ބުނީ މާލެއާއި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ޖުމްލަ 134 ވޯޓްފޮށި ބެހެއްޓިގެންދާނެކަމަށާއި ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކުރިއަށްދާނެކަމަށެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާނީ ދަރުބާރުގޭގެ ތިންމާލަމެއްގައި ކަމަށާއި ރަށްރަށުގައި ވޯޓުލުން ކުރިއަށް ގެންދާނީ ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓާއި ޕާޓީ އާއި މަސްވަރާކުރުމަށްފަހު ކަނޑައަޅާ ތަނެއްގައެވެ.

ޕީޕީއެމް ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހު 2:30 އިން އިރުއޮއްސި 6:00 އަށެވެ. 6 ޖެހުމާއި ހަމައަށް ކިޔޫގައި ތިބި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ވޯޓް ފޮށި ބަންދު ކުރުމަށްފަހު އެއް ގަޑިއިރު ފަހުން ވޯޓް ގުނާ ނަތީޖާ އިއުލާން ކުރެވިގެން ދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355