twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކުޅުދުއްފުށި ސިޓީގެ ޕީޕީއެމް ޕްރައިމަރީގެ ނަތީޖާ

އިބްރާހިމް ހަމީދު
Feb 8, 2020
5

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ އިއުލާން ކޮށްފިއެވެ.

އެގޮތުން ކުޅުދުއްފުށީ ސިޓީ ހަ ދާއިރާގެ ތެރެއިން އުތުުރު ދާއިރާ، ހުޅަނދު އުތުރު ދާއިރާ އަދި އިރުދެކުނު ދާއިރާއަށާއި މޭޔަރުކަމަށް އެ ފާޓީން ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓޭކެވެ. އެހެންވުމުން އެކެންޑިޑޭޓުންނަށް ވަނީ ޕްރައިމަރީން އިންތިހާބަކާ ނުލާ ޓިކެޓް ލިބިފައެވެ.

ޕީޕީއެމްްއިން މޭޔަރު ކަމަށް ކުރިމަތިލާވާފައިވަނީ ކުޅުދުއްފުށީ އާލަމް އަބްދުﷲ އިގުބާލެވެ. އަދި އުތުރު ދާއިރާގެ ޓިކެޓު ކުޅުދުއްފުށީ، ނައިޓް ކުލައުޑް އަސްރަފް އަބްދުﷲ ލިބިފައިވާއިރު، ހުޅަނގު އުތުރު ދާއިރާގެ ޓިކެޓް ލިބިފައިވަނީ ކުޅުދުއްފުށީ، މާދޫގެ ފާރޫގު މުހައްމަދަށެވެ. އިރުދެކުނު ދާއިރާގެ ޓިކެޓް ލިބުނީ ކުޅުދުއްފުށީ، ޖިހާދު މުހައްމަދު އަހްމަދަށެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުން

- އަބްދުރައްޒާގު އަހްމަދު / ގޭޖް ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 262
- ނިޒާރު މޫސާ / ޒަމްޒަމް ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 48

ކުޅުދުއްފުށީ މެދު އުތުރުދާއިރާ

- އާމިނަތު އަބްދުﷲ / ހާލަމް ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 13
- އާމިނަތު އަހުމަދު / މިރިހިމާގެ ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 54

ކުޅުދުއްފުށީ މެދު ދެކުނު ދާއިރާ

- ހަފީޒާ މުހައްމަދު / އޭރީޒް ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 28
- އާތިފާ އަލީ / ވިޝަން ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 30

ކުޅުދުއްފުށީ ހުޅަނގުދެކުނުދާއިރާ

- އަހްމަދު ސަމީރު / މެސްކޮޓް ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 37
- މުޙައްމަދު އަބްދުއްރައްޒާގު / ގޭޖް ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 41
- ސާހިދާ އާދަމް / މާކުރި ހދ ކުޅުދުއްފުށީ : ލިބުނު ވޯޓް 40

ހުޅަނގު ދެކުނު ދާއިރާއަށް ޕީޕީއެމް 3 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު މި ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ ހދ ކުޅުދުއްފުށީ ގޭޖް މުހައްމަދު އަބްދުއްރައްޒާގެވެ.

ކުޅުދުއްފުށީ އަންހެނުންނަށް ހާއްސަކުރި ދާއިރާކަމަށްވާ މެދު އުތުރު ދާއިރާއަށް ޕީޕީއެމް 2 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު މި ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ ހދ ކުޅުދުއްފުށީ، މިރިހިމާގެ އައިމިނަތު އަހްމަދު އެވެ. އަދި އަންހެނުންނަށް ހާއްސަ ކުރި ދެވަނަ ދާއިރާކަމަށްވާ ކުޅުދުއްފުށީ މެދު ދެކުނު ދާއިރާއަށްވެސް ދެ ކެންޑިޑޭޓުން ކުރިމަތިލެއްވިއިރު މި ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ ހދ ކުޅުދުއްފުށީ، ވިޝަން އާތިފާ އަލީ އެވެ.

މީގެ އިތުރުން ހދ އަތޮޅުކައުންސިލްގެ ރައީސްކަމަށް ޕީޕީއެމް ޓިކެޓްގައި ދެކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު ރައީސް ކަމުގެ ޓިކެޓް ކާމިޔާބު ކުރެއްވީ ކުޅުދުއްފުށީ ގޭޖް އަބްދުއްރައްޒާގު އަހްމަދު އެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްގެ ދަފްތަރުގައި 939 މެމްބަރުން ވޯޓްލުމުގެ ހައްގު ލިބިފައިވާ އިރު އިއްޔެ ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ދިޔަ އެޕާޓީގެ ޕްރައިމަރީގައި ވޯޓްލާފައިވަނީ 573 މެމްބަރުން ނެވެ. ބާތިލް ވޯޓްގެ ގޮތުގައި 20 ވޯޓްވަނީ ގުނާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 4 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355