twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޖެންޑަރ މިނިސްޓަރުގެ މަގާމަށް އައިޝަތު މުހައްމަދުދީދީ އައްޔަން ކުރައްވައިފި

ނަބީލާ އިސްމާޢީލް
Feb 10, 2020

މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް އައިޝަތު މުހައްމަދުދީދީ، ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.

ޢާއިޝަތު މުހައްމަދުދީދީ މަގާމަށް އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ އިއްޔެ މިކަމަށްތަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އައިޝަތު މުހައްމަދުދީދީއަށް މަގާމުގެ ހުވާލައިދެއްވީ ރައީސް ކުރިފުޅުމަތީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އައިޝަތު މުހައްމަދުދީދީ މިމަގާމާ ހަވާލުވުމުގެ ކުރިން ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

އައިޝަތު މުހައްމަދުދީދީ ވަނީ 2005 އިން 2008 އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަގާމު ފުރުއްވާފައެވެ. އަދި އިޖްތިމާއީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ހިދުމަތްތަކެއް ކުރައްވާފަވެއެވެ. ތައުލީމާއި، ކުޑަކުދިން އަދި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި ޖެންޑަރ އީކުއަލިޓީ ކައުންސިލްގެ ޗެއަރޕަރސަންކަމާއި އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑަރ ގެ މެންބަރުކަމާއި އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި ޗިލްޑްރަންސް ހޯމް ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި ކައުންސިލް ފޮރ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއަރޕަރސަންކަމާއި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

އައިޝަތު މުހައްމަދުދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓަރ އޮފް އަރޓްސް ހާސިލުކުރައްވުމުގެ އިތުރުން އެކަމަނާ ވަނީ ލުބުނާނުން ބެޗެލަރ އޮފް އަރޓްސް އާއި ޑިޕްލޮމާއިން ޓީޗިންގެ ވެސް ހާސިލުކުރައްވާފައެވެ.

އައިޝަތު މުހައްމަދުދީދީ މިމަގާމަށް އައްޔަން ކުރައްވާފައި މިވަނީ ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355