twitterviber whatsapp telegramfacebookyoutube instagram
23rd April 2026

ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ޚަދީޖާ އާދަމް
Feb 10, 2020

ހަ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއްގައި 27 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ، ހަ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންގެ ހއ، ހދ، ޝ އަތޮޅު ހިމެނޭ ޑިވިޝަން އަށް ކަމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކެއް ކަމަށާއި އަދި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ގޯނާގެ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަނީ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގަތުން ކަމަށް ފުލުހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355