twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަންނަ ރޯދަ މަހަށް ބައެއް ބާވަތުގެ ތަކެތި އަގުހެޔޮކުރަނީ

ނަބީލާ އިސްމާޢީލް
Feb 12, 2020

އަންނަ ރޯދަމަހަށް ބެނުންވާ ތަކެތީގެ ތެރެއިން 51 އައިޓަމެއްގެ އަގު ދަށްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމާހާ ދިމާކޮށް ކާބޯ ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ. ވަކިން ހާއްސަކޮށް ދިވެހިން ދަނޑުތަކުގައި އުފައްދާތަކެތި އަގު އިންތިހާއަށް އަރާއިގެންދެއެވެ. މިނިސްޓަރ ވިދާޅުވީ ރޯދަމަހަށް ބޭނުންވާ އަސާސީ ބާވަތްތައް އަގުހެޔޮކުރުމަށްޓަކައި ސަރުކަރު ހިއްސާވާ ކުންފުނި އެސްޓީއޯ މެދުވެރިކޮށް ސަޕްލައި އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ގޮތުން ރޯދަ މަހަށް އާއްމުކޮށް މީހުން ބޭނުންކުރާ 51 ބާވަތެއްގެ މުދާ އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އޭގެ ޒާތުގައި ޑިމާންޑް އެންޑް ސަޕްލައިގެ ދަށުން އަގު ތިރިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު އެންމެ އަގު އުފިލިގެން ދިޔަ އެއްޗަކީ ކަނޑޫދޫ މިރުސް ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ވަކި ރަށެއްގެ މިރުހެއްގެ އަގު ދަށްކުރުމަކީ މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ސިލޯނުން މިރުސް ގެނެސްގެން ނަމަވެސް މާރކެޓްގައި މިރުސް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އެހެން މަސްތަކާއި ހިލާފަށް ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ. އަގު އުފުލިގެންދާ ތަކެތީގެ ތެރޭގައި ތަރުކާރީ އާއި، މޭވާގެ ބާވަތްތަކާއި، ބިސް އަދި މަސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355