twitterviber whatsapp telegramfacebookyoutube instagram
20th June 2026

ހދ އަތޮޅަށް އަމާޒުކޮށްގެން ޖަނާޒާ ކޯހެއް ބާއްވަނީ

އިބްރާހިމް ހަމީދު
Feb 13, 2020

ހދ. އަތޮޅަށް އަމާޒުކޮށްގެން ކަށުކަމާކެމީގެ ކަންކަން ދަސްކޮށްދޭ ކޯހެއް ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ.

ކޭއޯއާ ވާހަކަ ދައްކަވަމުން މިކޯސް އިންތިޒާމް ކުރާފަރާތުން ބުނީ މިކޯހުގައި (ނަޒަރީ، ޢަމަލީ) ފިޤުހުގެ އިތުރުން މިކޯހުގައި ކަށުކަމާކެމީގެ ހުރިހާ ކަމެއް ދަސްކޮށްދެވޭނެކަމަށާއި މިކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އަމިއްލަ އަށް އިސްނަގައިގެން ކަށުކަމާކެމީގެ ހުރިހާ ކަމެއް ކުރަން އެގިގެންދާނެކަމަށެވެ.

މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (MQA) ޤަބޫލުކުރާ ސެޓްފިކެޓް ކޯހެއްކަމަށެވެ. އަދި މިކޯހުގެ މުއްދަތަކީ ތިން ހަފްތާ ކަމަށާއި ކިޔެވުމާއި އަމަލީ ތަޖުރިބާ ކުރިއަށްދާނީ ހަފްތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައިކަމަށެވެ.

މިކޯސް އިންތިޒާމް ކުރާ ފަރާތުން ބުނީ މިކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައި މިވަނީ ކޮންމެ ބޭފުޅަކަށްވެސް ބުރާސްފަތި ދުވަހު ފެރީން ކުޅުދުއްފުށީ ސިޓީއަށް އައިސް ހޮނިހިރު ދުވަހު އަނބުރާ ދެވޭގޮތަށެވެ. އަދި ކިޔެވުން ފަށަން ހަމަޖެހިފައިވަނީ 5 މާރިޗު 2020 ގައި ކިޔެވުން ކުރިއަށްދާނީ ކޮންމެ ހަފުތާ ބަންދުގައެވެ.

މިކޯހުގައި ކިޔަވައިދެއްވާނީ ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ރަގަޅު އުސްތާޒުން ކަމަށާއި ކޯހުގެ ފީއެއްގެ ގޮތުގައި ދައްކަންޖެހޭނީ 2000 ރުފިޔާ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.

ނަންނޯޓު ކުރެއްވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7326780 # 7696612 ގުޅުއްވުމުން ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355