twitterviber whatsapp telegramfacebookyoutube instagram
21st June 2025
ADVERTISEMENT
ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ފައިސާތައް--ފޮޓޯ:ކަސްޓަމްސް

ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފި

ނަބީލާ އިސްމާޢީލް
Feb 15, 2020

ގަވާއިދާ ހިލާފަށް ރާއްޖެ އިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ތިން ފަހަރެއްގެ މަތިން ކަސްޓަމްސް އިން ޑިކްލެއާ ކުރުމެއް ނެތި ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ ހަތަރު މިލިއަން ވުރެ ގިިނަ ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ގަވާއިދާ ހިލާފަށް ފައިސާ ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެފައިވަނީ ދިވެހި ދެ ފިރިހެނަކާއި ބިދޭސީއެކެވެ. އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ވަނީ 2.1 މިލިއަން ރުފިޔާ އަތުލައިގެންފަ އެވެ. އަދި ހަމަ އެ ދުވަހު ބަންގްލަދޭޝްގެ އުމުރުން 33 އަހަރުގެ ފިރިހެނަކު ގަވައިދާ ހިލާފަށް ރާއްޖެ އިން ބޭރުކުރަން އުޅުނު 617،000 ރުފިޔާ އަތުލައިގަތެވެ. އަދި މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން 1.3 މިލިއަން ރުފިޔާ އަތުލައިގަތް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ގެ ދަށުން 20,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com