އަދި މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން ތިބީ ގުރުއާން މާއްދާ އިން އިމްތިހާނެއް ހަދަން ތައްޔާރުކޮށްފައި ނޫންކަންކަމަށާއި، އެހެންކަމުން އެ އިމްތިހާނު ހެދުން ފަސްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނީ ގްރޭޑު 9 އަދި 10 ހިމެނޭ ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކީރިތި ޤުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރުމަށް ނިންމާ އެ މިނިސްޓްރީން ހުރިހާ ސްކޫލަކަށް ސާރކިއުލާއެއްގަ އެވެ.
މި ސަރކިއުލާގައި ބުނެފައިވަނީ ކީސްޓޭޖް 4ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ގުރުއަން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވިކަމަށްވާތީ ކީސްޓޭޖް 4 އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޤުރުއާނުން އިމްތިހާނުކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ..
އަދި ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މުޅިން އަލަށް ކަމަށާއި އެެހެންކަމުން އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ސަރކިއުލަރގައި ވަނީ ގައުމީ މަންހަޖެއް ތަންފީޒްކުރުމަކީ ވަކި އުސޫލަކުން ކުރާކަމެއްކަމަށާއި މަންހަޖު ފުރިހަމައަށް ތަންފީޒްކުރާއިރު އަމަލީ ގޮތުން ކޮންމެ މަރުހަލާއެއްގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެންޖެހޭކަމަށެވެ.
މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުން އަދި ކަމާގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު، މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް މިއީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެންނާތީކަމަށްވެސް މި ސަރކިއުލާގައި ބުނެފައިވެއެވެ.