twitterviber whatsapp telegramfacebookyoutube instagram
18th August 2025

ބަންގަލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

ޚަދީޖާ އާދަމް
Feb 16, 2020

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ގައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

2020 ފެބްރުއަރީ 09 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން ޔާބާ އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މީނާގެ ލަގެޖްގެ ތެރެއިން ޖުމްލަ 1932 އެމްފެޓަމިން ގުޅަ ފެނިފައިވެއެވެ. މިތަކެތީގެ މަގުމަތީ އަގު 193,200.00 (އެއް ލައްކަ ނުވަދިހަ ތިން ހާސް ދުއިސައްތަ) ރުފިޔާއަށް އަރައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355