twitterviber whatsapp telegramfacebookyoutube instagram
13th January 2026

ނޮޅިވަރަމްގެ ކަރަންޓް ކެޕޭސިޓީ އިތުރުކުމަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

ޚަދީޖާ އާދަމް
Feb 16, 2020

ފެނަކައިން ކަަރަންޓުގެ ހިދުމަތް ދެމުން އަންނަ ނޮޅިވަރަމްގެ ކަރަންޓް ކެޕޭސިޓީ އިތުރު ކުުރުމަށް 600 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ފެނަކައިން ފޮނުވައިިފި އެވެ، ފެނަކައިން ވަނީ ނޮޅިވަރަމް ގެ އިތުރުން، އިތުރު ފަސް ރަށަކަށް ޖަނަރޭޓަރު ފޮނުވައިފި އެވެ.

ނޮޅިވަރަމްގެ އިތުރުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ފެނަކައިން ޖަނަރޭޓަރު ފޮނުވާފައިވަނީ ބ.ދަރަވަންދޫ، ބ.ގޮއިދޫ، ގއ.މާމެންދޫ، ށ.ކޮމަންޑޫ އަދި އައްޑޫ ސިޓީއަށެވެ.

ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބ.ގޮއިދުއަށް ފޮނުވާފައިވަނީ 250 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. ށ.ކޮމަންޑުއާއި ގއ.މާމެންދުއަށް ފޮނުވާފައިވަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ބ.ދަރަވަންދުއަށް ފޮނުވާފައިވަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

ފެނަކައިން މިދިޔަ އަހަރުވެސްވަނީ 67 ރަށަކަށް ޖަނަރޭޓަރު ފޮނުވައި އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައެވެ. ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން އެ ކުންފުނިންދަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން މިހާތަނަށް 35 ރަށަށްވުރެ ގިނަ ރަށުގެ އިންޖީނުގެ އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ.

ފެނަކައިން ހިންގާ 148 އިންޖީނުގެ މެދުވެރިކޮށް، 154 ރަށަށް ފެނަކައިންދަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355