twitterviber whatsapp telegramfacebookyoutube instagram
5th April 2026

ބަންދުކޮށްފައިވާ ފަތްތަކެއް ނޮޅިވަރަމަށް ލައްގައިފި

ޚަދީޖާ އާދަމް
Feb 17, 2020
1

ބަންދުކޮށްފައިވާ ފަތްތަކެއް އިއްޔެ ހަވީރު ހދ ނޮޅިވަރަމަށް ލައްގައިފި އެވެ.

ނޮޅިވަރަމް ބަނދަރުގެ ދެކުނު ކޮޅަށް ލެއްގި ފަތްތައް އޮތީ ވަރަށް ބޮޑަށް ބަންދު ކޮށްފައެވެ. އެ ޕާރުސަލް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގައި ހުރި ބޮޑި ބޮޑިއަށް ބަދެފައި ހުރި ފަތްތަކެވެ. ނަމަވެސް އެއީ ކޮންކަހަލަ ފަތްތަކެއް ކަމެއް އެގިފައެއް ނުވެއެވެ.

މި ޕާރުސަލެއް އިއްޔެ ހއ ބާރަށުން މަސްބާނަން ނިކުމެ އުޅުނު މަސްދޯންޏަކުންވެސް ވަނީ ހޮވާފައެވެ.

މިފަދަ ޕާރުސަލެއް ފުރަތަމަ ފެނިފައި ވަނީ މިދިޔަ ޑިސެންބަރު މަހު ބ އޭދަފުށީ ފަޅުތެރެއިން އޮޔާ ދަނިކޮށެވެ. އެއަށްފަހު މިދިޔަ ޖެނުއަރީ މަހު ގިރިފުށި ޖެޓީ ސަރަހައްދަށްވެސް ވަނީ ފަތްތަކެއް ބަންދުކޮށްފައިވާ ޕާރުސަލެއް ފެނިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355