twitterviber whatsapp telegramfacebookyoutube instagram
6th July 2025

ޗައިނާއިން އެންމެ އިސްކަމެއްދެނީ ރައްޔިތުގެ ސަލާމަތާއި ސިއްހަތަށް

ޚަދީޖާ އާދަމް
Feb 19, 2020

ޗައިނާއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެގައުމުގެ ރައްޔިތުންގެ ސަލާމަތާ ސިއްހަތަށްކަމަށާއި އެގައުމަށް ލިބިފައިވާ ހުރިހާ އާލާތްތަކާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށެ ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ކޮންސަންއާ ފޯނުމެދުވެރިކޮށް ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށާއި ވައިރަހުގެ ސަބަބުން ޗައިނާއަށް ކުރިމަތިވެފައިވާ އުނދަގޫ ވަގުތުގައި އިނގިރޭސިވިލާތުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެހްރޯންއާ ފޯނުން ވާހަކަދައްކަވަމުން ޝީ ވިދާޅުވީ ވައިރަހާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފުރިހަމަ ކާމިޔާބެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ޝީ ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާގައި ފެތުރެމުންދާ ވައިރަހުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް އެގައުމުން އެކަށިގެންވާ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި ޗައިނާއިން މިދަނޑިވަޅުގައި ގެންގުޅެނީ ދެފުށްފެންނަ ސިޔާސަތެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355