twitterviber whatsapp telegramfacebookyoutube instagram
1st July 2025

ކޮރޯނާގެ އެކި ވައިރަސް 9 ދުވަސް ވަންދެން ދިރިހުރޭ

ޚަދީޖާ އާދަމް
Feb 20, 2020

ކޮރޯނާ ވައިރަހަކީ ޖަނަވާރުންގެ ގައިން ފެންނަ ވައިރަހަކަށް ވެފައި ޖަނަވާރުން ދިރިއުޅޭ މާހައުލުން ނުވަތަ ސާފުތާހިރު ނޫން ތަންތަނުގައި އެ ވައިރަސް ގާތްގަނޑަކަށް 9 ދުވަސް ވަންދެން ދިރި ހުންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އެހެންނަމަވެސް މިހާރު ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖަރާސީމުގެ އަސަރު އިންސާނުންނަށް ނުރައްކާތެރިކަމާއެކު ކުރާ މިންވަރު ހުންނަނީ ކިހާ މުއްދަތަކަށް ތޯ ބެލުމަށް މަސައްކަތް ކުރަމުންދާކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ޖަނަވާރުންގެ ކިބައިން އިންސާނުންނަށް މި ވައިރަސް ފޯރަނީ މަދު ފަހަރަކު ކަމަށްވީ ނަމަވެސް މީގެ ކުރިން ފެތުރިފައިވާ ކޮރޯނާގެ އެކި ވައިރަސްތައް ދިރާސާ ކުރާ ފަރާތްތަކުން ބުނީ ތިމާ އުޅޭ މާހައުލު އާންމުކޮށް ގޭތެރެ ސާފުކުރަން ގެންގުޅޭ ތަކެތި ބޭނުންކޮށްގެން ސާފުކުރާނަމަ ޖަރާސީމުގެ އަސަރު ކަނޑުވާލެވޭނެ ކަަމަށެވެ. އެގޮތުން ބްލީޗް ބޭނުން ކޮށްގެން 1 މިނެޓް ތެރޭ ޖަރާސީމުގެ އަސަރު ފިލުވާލެވިދާނެއެވެ. މިފަދަ ވައިރަސް ހަރުލާ ހުންނަނީ ޕްލާސްޓިކް، ބިއްލޫރި އަދި މެޓަލް ގައެވެ.

މީގެ ކުރިން ފެތުރުނު ކޮރޯނާ ވައިރަސްތަކާއި މިހާރު ފެތުރެމުންދާ ވައިރަހާއި ގާތްގަނޑަކަށް 80 ޕަސެންޓުގެ އެއްގޮތް ކަމެއް އެބަހުރީ ކަަމަށާއި އެހެން ކަމުން މިހާރު ފެތުރެމުން މިދާ ވައިރަސް އިތުރަށް ދަސްކުރުމަށް މީގެ ކުރިން ފެތުރު ވައިރަސްތަކުގެ މައުލޫމާތު އިތުރަށް ދިރާސާ ކުރަމުންދާކަމަށް ސައިންވެރިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355