twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

Feb 20, 2020

މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ މަހުގެ 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކޮށްދެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 66 މެމްބަރުންގެ ވޯޓުން ފާސްކޮށްފައިވާ ގާނޫނުގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.

މި މަގުސަދުތައް ހާސިލުކުރުމަށްޓަކައި އެ ގާނޫނަށް ގެނެސްފައިވާ އެންމެ ފާހަގަކޮށްލެވޭ އިސްލާހުތަކަކީ ވެކްސިން ދިނުން ލާޒިމް ކުރުމާއި، ކުޑަކުދިން ގްރޫމް ކުރުމަކީ ކުށެއްކަމުގައި ކަނޑައަޅުން ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަ މަރުގެ އަަދަބު ނުދެވެނެ ކަމަށާއި ކުޑަކުދިންނަށް ކައިވެނި ނުކޮށްދެވޭނެ ކަމަށް އަދި ކުޑަކުދިންނަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓު ނުކުރުމަކީވެސް ކުށެއް ކަމަށް އިސްލާހުގައި ކަނޑައަޅާފައި ވެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނެއެވެ.

އަދި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355