twitterviber whatsapp telegramfacebookyoutube instagram
23rd April 2026

ހިމަބިހި ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ފަށައިފި

ޚަދީޖާ އާދަމް
Feb 24, 2020

"މަވެސް ޖަހައިފިން" ނަމުގައި ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ އެންމެންނަށް ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ތިން މަސް ދުވަހަށް ހިންގާ ކެމްޕެއިން އިފުތިތާހު ކޮށްދެއްވީ އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ޖަހަން ފަށާފައި މިވަނީ މީގެ ދެ އަހަރު ކުރިން ފެށިގެން ރާއްޖެ އިން ހިމަބިހި ނައްތާލެވިފައިވާތީ ކޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެވޯޑުވެސް ދީފައި ވަނިކޮށް މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ރާއްޖެ އިން އަލުން ހިމަބިހި ފެނުމާއި ގުޅިގެންނެވެ.

މި ކެމްޕެއިން ފައްޓަވާ ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މި އަހަރަކީ އާއްމު ސިއްހަތުގެ ގޮތުގައި ފާހަގަކުރާ އަހަރަށް ވާއިރު، މަސައްކަތްތައް އަމާޒުކޮށްފައި ވަނީ އެތައް އަހަރަކަށް ދުޅަހެޔޮ ސިއްހަތެއްގެ އާބާދީއަކަށް ހެދުމަށް އަލުން ފަށަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ރާއްޖެ އިން ހިމަބިހި އަލުން ފެނުނު ފަހުން 12 މީހުން އެ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުންޏެވެ. އެހެންވެ، އޭގެ ފަހުން 10،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުރުމަށް ކުރަންޖެހޭ ކަމަކީ ވެކްސިން ކަމަށް ވާއިރު އެއީ އިހުތިޔާރީ ކަމެއްގެ ބަދަލުގައި މަޖުބޫރު ކަމަށް ހަދަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355