twitterviber whatsapp telegramfacebookyoutube instagram
21st May 2025

ޤަސީމާ ދައްތަގެ އަގުވަޒަންކޮށް ކައުންސިލުން ހަނދާނީ ފިލައެއް އަރުވައިފި

Feb 24, 2020

ކުދިންނަށް ހިލޭ ޤުރުއާން އުންގަނައްވައި ދެއްވުމުގައި 49 އަހަރު ހޭދަކުރައްވާފައިވާ، ކުޅުދުއްފުށީ/ ކިޔަވާގެގެ ޤަސީމާ ޤާސިމް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ކުޅުދުއްފުށީ ކައުންސިލުން ހަނދާނީ ފިލައެއް އަރުވައިފި އެވެ.

ޤަސީމާ ޤާސިމްގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކައުންސިލް ހަނދާނީ ފިލާ ހަވާލުކޮށްދީފައިވަނީ އިއްޔެ ބޭއްވި ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. ހަނދާނީ ފިލާ ޤަސީމާ ދައްތައާ ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނެވެ.

70 އަހަރުގެ ޤަސީމަ ވަނީ އެތަކެއް ހާސް ކުދިންނަށް ޤުރުއާން އުންގަނައި ދިނުމުގެ ބުރަ މަސައްކަތް ހިލޭ ސާބަހަށް ކުރައްވާފަ އެވެ.

ޤަސީމާ ދައްތަ ގުރުއާން ކިޔަވައިދިނުމުގެ ތެރެއަށް ވަދެވުނީ މަންމަގެ ފަރާތުންނެވެ. އޭނާ ވަރަށް ކުޑައިރުސުއްރެ ގޭ ތެރޭގައި އޭނަގެ މަންމަ ކުދިންނަށް ޤުރުއާން ކިޔަވައިދޭތަން ފެނި ޝައުގުވެރިވީ އެވެ. އަދި މަންމައަށް އެހީތެރިވުމުގެ ގޮތުން ކުދިންނަށް ކިޔަވައި ދޭން ފެށީ އެވެ. އެއިރު އޭނާގެ އުމުރުން ގާތްގަނޑަކަށް އެންމެ ދިހައެއް ނޫނީ އެގާރަވަރަކަށް އަހަރެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ އެންމެ އިސްކަން ދޭ އަދި މުހިއްމުކަމަކަށް ވެފައިވަނީ ޤުރުއާން ކިޔަވައިދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355