twitterviber whatsapp telegramfacebookyoutube instagram
8th November 2025

ކޮވިޑް-19 ރޯގާއަކަށް ބަދަލުވެދާނެތީ ތައްޔާރުވެ އޮތުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި

Feb 25, 2020

ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ބޮޑު ރޯގާއަކަށް ބަދަލުވެދާނެތީ ދުނިޔެ ތައްޔާރުވެ އޮތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.

ޑަބްލިއުއެޗްއޯ އިން އިންޒާރު ދިން އިރު ކޮވިޑް-19 ދަނީ އޭޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕުގައި ހަލުވިކަމާ އެކު ފެތުރެމުންނެވެ. މިހާތަނަށް 30 ގައުމަކުން ކޮވިޑް-19 ފެނިފައިވާ އިރު ޗައިނާ އިން ބޭރުން ވަނީ 20 މީހުން މަރުވެ، 1،200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ކޮވިޑް-19 އަކީ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި އަދި ނުބެލި ނަމަވެސް، ގައުމުތަކުން ދުރާލާ ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށެވެ.

ބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ އީރާން، އިޓަލީ އަދި ސައުތު ކޮރެއާ އިން ވައިރަހަށް ޕޮޒިޓްވްވާ މީހުން ދަނީ އިތުރުވަމުން ކަމަށެވެ. އިޓަލީން އިއްޔެ ވަނީ ހަތަރު މީހުން މަރުވެފަ އެވެ. އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355