twitterviber whatsapp telegramfacebookyoutube instagram
22nd February 2026

އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރު ކުރަނީ

Feb 25, 2020

އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުވާން ފުލުހުން އިއްޔެ އަންގާފި އެވެ.

ޔާމީން އިތުރު މައްސަލަތަކެއް ތަހުގީގަށް ހާޒިރުވާން ފުލުހުން އިއްޔެ އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީނަށް ކުރި ދައުވާ އަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއް ކަން އިސްތިއުނާފްގެ މައްސަލައިގެ ތެރެއިން ހާމަވާން ފެށުމުން އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރުވާން ފުލުހުން އިއްޔެ އަންގާފައިވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިހާރު ވަނީ ފަށައިފަ އެވެ.

އެކަމަކު ޔާމީން ފުލުހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ހާޒިރު ކުރަނީ ކޮން ވަގުތަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355