twitterviber whatsapp telegramfacebookyoutube instagram
1st August 2026

މަކުނުދޫ ސިއްހީ މަރުކަޒަށް ޑޮކްޓަރުން ގެނެވޭނީ ޖާގަ އިތުރުކޮށްގެން: އަމީން

Feb 26, 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުފުޅާ އެއްގޮތަށް މަކުނުދޫ ސިއްހީ މަރުކަޒުގެ ހިދުމަތަށް އަންހެނުންގެ ޑޮކްޓަރަކާ ކުޑަކުދިންގެ ޑޮކްޓަރެއް ގެނެވޭނީ އެ މަރުކަޒަށް ޖާގަ އިތުރުކޮށްގެން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަދިވެސް އެ ރަށު ސިއްހީ މަރުކަޒުން އެ ހިދުމަތްތައް ނުދެވޭ ސަބަބާ ގުޅިގެން މަކުނުދޫ ދާއިރާގެ މެމްބަރު، މުހައްމަދު ރާއީ ވަނީ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މަކުނުދޫ ސިއްހީ މަރުކަޒުގައި ހުރީ އެންމެ ކޮންސަލްޓޭޝަން ރޫމެއް ކަމަށާއި، އިތުރު ޑޮކްޓަރަކު ގެނެވޭނީ ޖާގަ އިތުރުކޮށްގެން ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތުމުގެ ސަބަބުން މަރުކަޒުގެ އިމާރާތަށް ބަދަލުގެނައުމުގެ ފުރުސަތު ނުލިބުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން، އަންނަ އާދީއްތަ ދުވަހު އެ މަސައްކަތް ރަށު ކައުންސިލާ ހަވާލުކުރެވިގެން ރާވާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށާއި އެގޮތުން ޖާގަ އިތުރު ކުރެވި ވަސީލަތް ގާއިމުކޮށް ހިދުމަތް ފެށިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355