twitterviber whatsapp telegramfacebookyoutube instagram
20th September 2026

ޕީޕީއެމުން އަންހެނުން ކޮމެޓީއަށް ކުޅުދުއްފުށި ވާދަކުރައްވާ ކެންޑިޑޭޓުން

އިބްރާހިމް ހަމީދު
Feb 26, 2020
1

އަންހެނުން ކޮމެޓީއަށް މެމްބަރުން ހޮވުމަށް ކުޅުދުއްފުށި ސިޓީއިން، ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓުން ނަންތައް އިއުލާންކޮށްފި އެވެ.

ޕީޕީއެމުން ބުނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުން ކޮމެޓީއަށް މެމްބަރުން ހޮވުމަށްޓަކައި ކުޅުދުއްފުށި ސިޓީ ހަ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލު ކޮށްފައިވާކަމަށެވެ.

ކުޅުދުއްފުށީ ހުޅަނގުދެކުނުގެ ޓިކެޓް މާކުރި، ޝާހިދާ އާދަމަށް ދީފައިވާއިރު ހުޅަނގު އުތުރު ދާއިރާއަށް ވާދަކުރަނީ ފުލެޝް، މައިމޫނާ އަބުދުﷲ އެވެ. އުތުރު ދާއިރާއިން ލުބޯމާގެ، ހަދީޖާ މޫސާ ހޮވާފައިވާއިރު މެދު އުތުރު ދާއިރާއިން ނިކުންނަނީ ބުލޫކެބިން، ޝަމީމާ ހަސަނެވެ.

ސެހެނާޒް، އާތިފާ މުހައްމަދަށް މެދު ދެކުނުދާއިރާގެ ޓިކެޓް ދީފައިވާއިރު އިރުދެކުނު ދާއިރާގެ ޓިކެޓް ދީފައިވަނީ އޭރީޒް ހަފީޒާ މުހައްމަދަށެވެ. އަންހެނުން ކޮމެޓީއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުގެ ތެރެއިން ޝާހިދާ އާދަމް އާއި ހަފީޒާ މުހައްމަދަކީ ކައުންސިލުން އިންތިހާބުގެ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވި ދެ ބޭފުޅުންނެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްގެ ދަފްތަރުގައި 939 މެމްބަރުން ވޯޓްލުމުގެ ހައްގު ލިބިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293