twitterviber whatsapp telegramfacebookyoutube instagram
14th April 2026

މިއަހަރު އަތޮޅު ޤުރުއާން މުބާރާތް ނޮޅިވަރަމްގައި

Feb 26, 2020
1

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

މިއީ މި މުބާރާތް ނޮޅިވަރަމްގައި ބާއްވާނެ ފުރަތަމަ ފަހަރެވެ. ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައި އޮތީ ނޮޅިވަރަމުން އެކަންޏެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ މިއަދު ކޭއޯއަށް ވިދާޅުވީ، ޤުރުއާން މުބާރާތް ބޭއްވުމަށް ނޮޅިވަރަމުން ޝައުގުވެރިކަންފާޅުކޮށްފައިވުމުން އެރަށުގައި މިއަހަރުގެ ޤުރުއާން މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޤުރުއާން މުބާރާތަކީ އަތޮޅުގެ ރަށްތަކުން ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ބައިވެރިވާ މުބާރާތެވެ. މިއަހަރުގެ މުބާރާތް އޮންނާނީ އޭޕްރީލް 16 އިން 18 އަށެވެ.

ޤުރުއާން މުބާރާތް ހޯސްޓްކުރާ ރަށަށް އަތޮޅުގެ ހުރިހާ ރަށަކުން ކަހަލައިން މީހުން އަރައި އެރަށެއްގެ ވިޔަފާރިވެސް އެދުވަސްވަރު އެތަކެއް ތަނަކުން ރަނގަޅުވެ އަތޮޅުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަވެގެން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355