twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންޑިޔާ މުޒާހަރާގައި މަރުވި މީހުންގެ އަދަދު މައްޗަށް

Feb 27, 2020
1

ނިއު ދިއްލީގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހިންގާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.

އިންޑިއާގެ 65 އަހަރުވެފައިވާ ސިޓިޒެންޝިޕް ގާނޫނަށް ކުއްލި ގޮތަކަށް ގެނައި އިސްލާހުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާކަމަށް ބުނެ ކުރިއަށް ގެންދާ މި މުޒާހަރާތަކުގައި އެތަކެއް ސަތޭކަ މީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ހަމަނުޖެހުން ނުހިންގުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ރައްޔިތުންނަށް ގޮވާލައިފާވާއިރު، މިލިޓަރީ ކާފިއުއެއް ހިންގުމަށް އެމަނިކުފާނަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

އިންޑިޔާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން އެ ގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅާފަ އެވެ.

ނަމަވެސް މުސްލިމުންނަކަށް އެ ފުރުސަތެއް ނެތެވެ. ބިލުގައި ބުނެފައި ވަނީ 1955 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު އިންޑިއާ އަށް ހިޖްރަކޮށްފައިވާ މުސްލިމުންނަށް ރަށްވެހިކަން ލިބޭނީ އެމީހުންގެ އަތުގައި ކަމާބެހޭ ލިޔެކިޔުންތައް ހުރުމުންނެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ސަލާމަތީ ބާރުތަކުން، ކަރުނަ ގޭހާއި، ރަބަރު ވަޒަންވެސް ބޭނުންކޮށްފައިވާއިރު، ހަމަނުޖެހުންތައް ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ދަނީ މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355