twitterviber whatsapp telegramfacebookyoutube instagram
20th June 2026

ކޮވިޑް 19 ޖެހި ރަނގަޅުވާ މީހުން އަނެއްކާވެސް ވައިރަހަށް ޕޮޒިޓިވް ވަނީ

Feb 27, 2020

ކޮވިޑް 19 ޖެހިގެން ފަރުވާދީ ރަނގަޅު ވެފައިވާ މީހުންނަށް އަލުން ވައިރަސް އަރާފައިވާ ކަމަށް ޗައިނާގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

އެގޮތުން ފަރުވާ ދީގެން ރަނގަޅުވެފައިވާ މީހުންގެ ތެރެއިން 14 ޕަސެންޓް މީހުންނަށް އަލުން ވައިރަސް ޖެހިފައިވާކަމަށް އޮފިޝަލުން ބުންޏެވެ.

ޖަޕާނުގައި ވެސް ވަނީ ކޮވިޑް-19 ޖެހި ރަނގަޅުވި އުމުރުން 40 ގެ އަހަރުތަކުގެ އަންހެނަކަށް އަލުން ބަލިޖެހިފަ އެވެ. އެ އަންހެން މީހާ އަލުން ޕޮޒިޓިވްވީ ތިން ހަފުތާ ފަހުންނެވެ.

ޗައިނާ އާއި ޖަޕާނުން މިހާރު ވަނީ ކޮވިޑް-19 ޖެހި ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލާ މީހުން ވެސް އަލުން މޮނިޓާ ކުރަމުން ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ.

މި ވައިރަހަށް މިހާތަނަށް ޗައިނާ އިން 2،770 މީހުން މަރުވެފައިވާ އިރު ވައިރަސް ވަނީ 82،000 އަށް ވުރެ ގިނަ މީހުންނަށް އަރައިފަ އެވެ.

ވައިރަސް މިހާރު ވަނީ 45 ގައުމަކުން ފެނިފަ އެވެ.

. ޗައިނާ އިން ބޭރުން މިހާތަނަށް 50 މީހުން މަރުވެފައިވާ އިރު ޗައިނާ އިން ބޭރުން ވައިރަސް އަރާފައި ވަނީ 3،600 މީހުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355