twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިދުވަސްވަރު މާލޭގައި ރޯގާ އާއި ފާނަބަސަންދު ފެތުރެމުންދާތީ ބަލި މީހުންނަށް ޒިޔާރަތްކުރުމަށް އިލްތިމާސްކޮށްފި

ނަބީލާ އިސްމާޢީލް
Feb 29, 2020

މިދުވަސްވަރު މާލޭގައި ރޯގާ އާއި ފާނަބަސަންދު ފެތުރެމުންދާތީ ބަލިމީހުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުން ހޮސްޕިޓަލްތަކަށް ޒިޔާރާތް ނުކުރަން އިލްތިމާސްކޮށްފި އެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދުވަސްވަރު ރޯގާ އާއި ފާނަބަސަންދު ފެތުރެމުން ދާތީ ބަލި މީހުންނާއި އަމިއްލަ ރައްކަލަޓަކައި ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ ބަލިމީހުންނާއި ޒިޔާރަތް ކުރާ މީހުންނަށް ވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ މި ދުވަސްވަރު ފާނަބަސަންދު ޖެހިގެން އުޅޭ ގޭގެ މީހުންނާއި ކުރިން ފާނަބަސަންދު ޖެހިފައި ނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައިނުވާ މީހުން އަލާމާތެއް ފެންނަންނެތަސް ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ޒަރީއާއިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އޭގެ އިތުރުން ދިފާއީ ނިޒާމު ބަލި މީހުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި އަދި ރޯގާ ޖެހި ހުންއައިސް ކިނބިހި އަޅާ މީހުން ވެސް އެ މީހުންގެ ތެރޭގައި ހިމެނެ އެވެ.

އައިޖީއެމްއެޗް އިން ބުނީ ރޯގާ ޖެހިފައިވާ ނަމަ ކެއްސައި ކިނބިހި އަޅާ އިރު ނޭފަތައި އަނގަމަތި ނިވާކުރުމަށާއި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިޒާއެއް ބޭނުންކުރުން، އަތް ދޮވެގެން ނޫނީ ލޮލާއި އަނގަ އަދި ނޭފަތުގައި އަތްނުލުން، ކިނބިހި ނުވަތަ ކެއްސާނަމަ ސިއްހީ މާހިރުންގެ ލަފާޔާއި އެއްގޮތަށް މާސްކު ބޭނުން ކުރުން އަދި ބޭނުންކޮށްފައިވާ މާސްކް އަދި ޓިސޫފަދަ ތަކެތި ކޮތަޅަކަށްލާ ބަންދުކޮށްފައި ޑަސްބިންއަށް ލުން، އަދި އިންފުލުއެންޒާ ވެކްސިން، ފާނަބަސަންދު ވެކްސިން، އެމް.އާރު ވެކްސިން ނުޖަހާ ފަރާތްތަކުން ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް ވީ އެންމެ އަވަހަކަށް ވެކްސިން ޑޯޒްތައް ފުރިހަމަކުރުން ފަދަ ކަންކަމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355