twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިސަރުކާރުން ވައްކަން ކުރަމުން ގެންދަނީ ރޯމާދުވާލު: އަދުރޭ

އިބްރާހިމް ހަމީދު
Feb 29, 2020

މިސަރުކާރުން ވައްކަން ކުރަމުންގެންދަނީ ރޯމާ ދުވާލުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް ކެންޑިޑޭޓުންގެ ކެމްޕެއިން" މީމަގޭ ރާއްޖޭ" ލޯންޗުކުރުމަށް މާލޭ ސިޓީ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިސަރުކާރަށް އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެ ކަމަށާ ރައްޔިތުންނަށް ކޮށްދެވުނު ކަމެއްނެތް ކަމަށެވެ. އަދި ސަރުކާރުން ދަނީ ރޯމާދުވާލު ވައްކަން ކުރަމުން ކަމަށާއި މިއީ ވަގުންގެ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދުރޭ ވިދާޅުވީ މިއީ އަނިޔާވެރިން ލާދީނީ ފިކުރުގެ ސަރުކާރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސް ޔާމީންގެ ވެރިކަމުގައި މިގައުމަށްގެނައި ތަރައްޤީ ހުއްޓިއްޖެ. ޕްރޮޖެކެޓްތައް މިއަދު ނުހިންގާ. ރައީސް ޔާމީންވެރިކަމުގައި ހަޒާނާގައި ފޮރުވާފައި ހުރި ފައިސާކޮޅު ވީނުވީއެއް ނޭނގި ފޫގޮސްގެން ދިޔަތަނަކަށް ހިނގައްޖެ. މިއަދު ވައްކަން ކުރަނީ ތަފާތު ގޮތަކަށް އަޅުގަނޑުމެންގެ ސަރުކާރު ބަދުނާމުކުރަން ވެގެން އެމީހުން ދެއްކި ވައްކަމުގެ ވާހަކަ ހަގުނަ ބޮޑުކޮށް މިއަދު އެއޮތީ އެމީހުންގެ ސަރުކާރުގައި އެޅިފައި. ރޯމާދުވާލު ވައްކަން ކުރަނީ. މިއީވަގުންގެ ސަރުކާރު މިއީ އަނިޔާވެރިންގެ ސަރުކާރު މިއީ ލާދީނީ ފިކުރުގެ ސަރުކާރެއް." އަދުރޭ ވިދާޅުވި އެވެ

އަދުރޭ ވިދާޅުވީ 2018 ވަނަ އަހަރު ދިވެހި ރައްޔިތުން ވެރިކަން ބަދަލު ކުރީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި ނަމަވެސް އެ އުއްމީދުތައް ސަރުކާރަށް ފުރިހަމަ ކޮށްނުދެވި ރައްޔިތުން މާޔޫސް ވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިސަރުކާރުގެ ވައުދުތައް ބިލާހަކަށް ވެގެން ގޮސްފައިވާ ކަމަށެވެ

"އެމްޑީޕީން ރައްޔިތުންނަށް ދެއްކި ވައުދުތައް ހަގީގަތަކަށް ނުހެދުނު. ރައްޔިތުންނަށް ހުށަހެޅި ތަސްވީރުގައި ކުލައެއް ނުޖެއްސުން. އެ ވަރު ނުވި ތަނުގައި ރައްޔިތުން ބިކަވެއްޖެ. މާޔޫސްވެއްޖެ، އިގްތިސޯދު އެތައް ތަނަކުން ދަށްވެއްޖެ، ރައްޔިތުންގެ އަތްމަތި ދަތިވެ ބިކަވެއްޖެ." އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ އެއީ މިޤައުމުގެ ތާރީހު މިޤައުމުގެ ޝަރުއީ ނިޒާމަށް މަލާމާތްކުރާނެ ކަމެއް ކަމަށާއި އެއީ އެމަނިކުފާނު ފުލުސް އޮފީހަށް ގެންގޮސް ކުރިމަތިކުރުވި ސުވާލުތަކާ އުފުލި ދައުވާ އާއި ކުރި ހުކުމާއި އެއްވެސް ގުޅުމެއްނެތްކަމަށެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ ސަރުކާރުގެ ކަންކަން ހުރި ގޮތުން އެމްޑީޕީގެ އާންމު މެންބަރުން ވެސް މާޔޫސްވެފައިވާ ކަމަށެވެ. އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި ހަތް އަހަރު ރެއާއި ދުވާލު ލެއާ ދާ އޮހޮރުވައި މަސައްކަތް ކުރި އެ ޕާޓީގެ މީހުން ވެސް ތިބީ މިއަދު ވަޒީފާގެ ފުރުސަތުތައް ނުލިބި އާމްދަނީ ލިބޭނެ ގޮތެއް ނެތި، ބިކަވެގެން ގޮސްފައި ކަމަށެވެ.

"މާ ދުރުން ބަޔަކު އައިސް ސަރުކާރުގެ ތެރެއަށް ބޭނުންވާ ބަޔަކަށް ބޭނުންވާ ގޮތަކަށް ބޭނުންވާ ކުންފުނިތަކަށް ބަހާލާ އަތްގަދަކޮށް ދައުލަތުގެ ހާޒާނާ ކާހުސްކޮށްލަނީއޭ (އެމްޑީޕީގެ ސަޕޯޓަރުން) ބުނަނީ. ތިމަންނަމެން މިއަދު ބޭނުން ވަނީ މި ސަރުކާރު ބަދަލު ކުރާށޭ. ތިމަންނަމެނަށް ރައީސް ޔާމީންގެ ސަރުކާރު މާ ރަނގަޅޭ. އޭރު ވަޒީފާ އޮތޭ. އޭރު މަގުމަތިވެ ބިތްޖެހިފައެއް ނެތޭ. އަތުގައި ފައިސާ ވެސް ހުރެއޭ" އަދުރޭ ވިދާޅުވި އެވެ.

"
"އެމްޑީޕީން ރައްޔިތުންނަށް ދެއްކި ވައުދުތައް ހަގީގަތަކަށް ނުހެދުނު. ރައްޔިތުންނަށް ހުށަހެޅި ތަސްވީރުގައި ކުލައެއް ނުޖެއްސުން. އެ ވަރު ނުވި ތަނުގައި ރައްޔިތުން ބިކަވެއްޖެ. މާޔޫސްވެއްޖެ، އިގްތިސޯދު އެތައް ތަނަކުން ދަށްވެއްޖެ، ރައްޔިތުންގެ އަތްމަތި ދަތިވެ ބިކަވެއްޖެ." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި އެވެ.

ބޭނުންހާ އެއްޗެއް ހަދަން ދެން ދިވެހި ރައްޔިތުންނަށް މަޑަކުން ނުތިބޭނެ، ދިވެހި ރައްޔިތުންނަކީ ދިވެހި ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ގައުމު އިސްކޮށްގެން ނުކުންނަން ތައްޔާރަށް ތިބި ބަޔެއް. ރައްޔިތުން ބުނަން އެބަ ޖެހޭ ބަދަލެއް ބޭނުންވާ ކަން، އެ ފުރުސަތަކީ މި ކައުންސިލް އިންތިހާބު،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް އިތުރަށް ސަރުކާރުން ދަތި ކުރާނެ ކަމަށާއި ވަޒީފާގެ ބިރު ދައްކާނެ ކަމަށެވެ. ސަރުކާރާ ދެކޮޅުވާ ކޮންމެ މީހަކަށް ދަތިތައް ދޭނެ ކަމަށެވެ.

މިއަދު މިވަނީ ގައުމުގެ ހާލަތު ގޯސްވެ ގައުމު ހަމަމަގަށް އަޅުވަން ޖެހިފައިވާކަމަށް ވިދާޅުވަމުން، އަދުރޭ ވިދާޅުވީ އެގޮތުން ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށާއި އަދި އެއިންތިހާބު ކާމިޔާބު ކޮށްދޭން ރައްޔިތުން ތިބި ގޮތަށް ތިބުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355