twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ، މާފަލު ހިޔާގެ ރޯހައުސްތައް މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި

Mar 3, 2020
2

ކުޅުދުއްފުށި، މާފަލު ހިޔާގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ އިމާރާތްކުރި މި ރޯހައުސްތައް، އެހެން ހުރެ އެތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތަށް ބޭނުންވެފަ އެވެ.

ރޯހައުސްތައް މަރާމާތު ކުރުމަށް ފެނަކައިގެ ފަރާތުން ހަވާލުކުރީ ޓިކް ޓަކް އިންވެސްމެންޓާ އެވެ. ފެނަކައަކީ އެ ރޯހައުސްތަކުގެ ބަލަދުވެރި ފަރާތްގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ފަރާތެވެ.

ސަރުކާރުން މިރޯހައުސްތައް މަރާމާތު ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެވެ. 190 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށް 23 މިލިއަން ރުފިޔާ މިމަޝްރޫއުއަށް ކަނޑައަޅާފައިވެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރީ މިއަދު ފެނަކާގައި އޮތް ރަސްމިއްޔާތެއްގައިއެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނާ މަޖިލިސް ދެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ފެނަކަ ކޯޕަރޭޝަނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަގައި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ޓިކްޓެކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ދެ މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޓިކްޓެކްއާ މި މަޝްރޫއު ހަވާލުކުރީ 11 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭގައި ނިންމުމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެނިކޮށް، ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް އެ ރޯހައުސްތަކުގެ ތަޅުދަނޑިތައް ވަނީ ހައްގުވެރިންނަށް ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް އިމާރާތް ހަލާކުވެފައި ހުރުމުން އެމީހުންނަށް އެތަނަށް ވަދެވޭނެ ގޮތް ވަނީ ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355