ށ. ކޮމަންޑޫގައި އަޅާ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ކުރުމަށް ފެނަކައިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ފެނަކައިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަންލިމިޓެޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މޭނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. އަދި އަންލިމިޓެޑް ހޯލްޑިންގްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ޝިމާލެވެ.
7.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް 330 ދުވަސްތެރޭގައި ނިންމަ ޖެހެ އެވެ. މިމަޝްރޫއުގެ ދަށުން އިންޖީނު ބަހައްޓާ އިމާރާތެއް ހެދުމާއި، އިދާރީ މަސައްކަތްތަކަށް ހާއްސަ އިމާރާތަކާއި، ފިއުލް ސްޓޯރޭޖް ހެދުމަށްވަނީވެސް ހަމަޖެހިފައިވާކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.
ކޮމަންޑޫގައި އަޅާ އާ އިންޖީނުގޭގެ މަސައްކަތަކީ އެރަށުގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ.