twitterviber whatsapp telegramfacebookyoutube instagram
21st May 2025

ފަރިރީތި އިން ޖަލާލުއްދީން ސްކޫލަށް ދެ ޓީވީ ހަދިޔާކޮށް، ވިޔަފާރިވެރިންނަށް ނަމޫނާ ދައްކައިފި

Mar 4, 2020
1

ޖަލާލުއްދީން ސްކޫލުގެ ކުލާސް ރޫމުތަކުގައި ޓީވީ ހަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގުރާމަށް އެހީތެރިވެދިނުމުގެ ގޮތުން، ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ ފަރިރީތި، މުހައްމަދު އެ ސްކޫލަށް ދެ ޓީވީ ހަދިޔާކޮށް ރަށުގެ އެހެން ވިޔަފާރިވެރިންނަށް ނަމޫނާ ދައްކައިފި އެވެ.

ދިރާސީ އާ އަހަރާއެކު އެންމެ ބޮޑު ބަދަލަކާ ކުރިމަތިލާން ޖެހުނު ޖަލާލުއްދީން ސްކޫލަށް ފަރިރީތި މުހައްމަދު ހަދިޔާކޮށްފައިވަނީ ހައިސެންސް ބްރޭންޑުގެ 65 އިންޗި 4ކޭ އަލްޓްރާ ހައިޑެފިނީޝަން ދެ ޓީވީ އެވެ.

މި ދެ ޓީވީ ޖަލާލުއްދީން ސްކޫލަށް ހަދިޔާކުރެއްވީ، އިއްޔެ ފަރިރީތި ފިހާރަ ކުރިމަތީގައި ބޭއްވުނު ހަފްލާއެއްގައި އެވެ. ސްކޫލުގެ ފަރާތުން ޓީވީތަކާ ހަވާލުވެލެއްވީ ޕްރިންސިޕަލް އައިމިނަތު މުހައްމަދާއި ޕީޓީއޭގެ ނައިބު ރައީސް ނާޒިޔާ ދާއޫދެވެ.



އަލަށް ފަށާ ތަޢުލީމުގެ ކްލާސްތަކަށް ކިޔަވައިދޭން ފެށި ޖަލާލުއްދީން ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުން އަދި ހާއްސާކޮށް ކުރީގެ ދަރިވަރުންގެ ފަރާތުން ސްކޫލަށް ބޮޑެތި އެހީތަކެއް ލިބެމުންދާ މި ދަނޑިވަޅުގައި ދެ ޓީވީ ސްކޫލަށް ހަދިޔާކުރައްވަން ނިންމެވިކަން ފަރިރީތި މުޙައްމަދު ހާމަކުރައްވާފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލްގެ ޕީޓިއޭ އިފްތިތާހުކުރުމަށް ބޭއްވުނު ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގައި ވިޔަފާރިވެރިންގެ ހިއްސާ ވަރަށް މުހިންމުން ކަން ފާހަގަކުރަވަމުން ޖަލާލުއްދީން ސްކޫލުން ވަނީ ފަރިރީތި މުހައްމަދަށް ވަރަށް ޝުކުރުއަދާކުރައްވާފަ އެވެ.

ފަރިރީތީގެ ގިނަ ފިހާރަތަކެއް ކުޅުދުއްފުށީގައި އަންނަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355