twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 27 ޑޮކްޓަރުން ހޯދަނީ

ނަބީލާ އިސްމާޢީލް
Mar 5, 2020
6

އުތުރުގުގެ މައި ހޮސްޕިޓަލް ކަމުގައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދާއިމީކޮށް ހިދުމަތް ދިނުމަށް ގިނަ އަދަދެއްގެ ސްޕެސަލިސްޓް ޑޮކްޓަރުން ހޯދުމަށް އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ޖުމްލަ 27 ޑޮކްޓަރުން ހޯދުމަށް އެދިފައިވެ އެވެ. އެއީ ސަރޖަރީ، ޕީޑިއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ، ނިއުރޮލޮޖީ، ކާރޑިއޮލޮޖީ، ރޭޑިއޮލޮޖީ، އޮތޯޕެޑިސިއަން، އެނެސްތެޓިސްޓް، އިންޓާނަލް މެޑިސިން(ިޕިޒިސިއަން)، ޑާމަޓޮޮޖިސްޓްގެ އިތުރުން އޮފްތަމޮލޮޖިސްޓް އަދި ސައިކޭޓްރިސްޓް އެކެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 16 ވަނަދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް، ސީވީ، މުއްދަތުހަމަނުވާ އައިޑީކާޑުގެ ކޮޕީ، ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން، ތައުލީމީ ސެޓްފިކެޓް ތަކާއި މަސަކަތުގެ ތަޖުރިބާ ލިއުންތައް އަދި މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީއެއް ހުށައެޅުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

މި މަގާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާއަށް ބަަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެ ކަމަށާއި މި މަގާމުގެ އިންޓަވިއު މި މަހު 22 ން 31 އާއި ދެމެދު އެ ހޮސްޕިޓަލްގައި އޮންނާނެ ކަމަށް ބުނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355