ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުމެވެ. ނަމަވެސް އޭގެ މާނައަކީ ރޮއްޓާއި ރިހަ ނުވަތަ ހެދިކާ ތަކެއް ކާށެކޭ ނޫނެވެ. ހަށިގަނޑަށް ފައިދާހުރި ރަނގަޅު ނާސްތާއެއް ކުރުން ވަރަށް މުހިންމެވެ. ގިނަ މީހުންނަށް ހީވެފައި ނުވަތަ ގަބޫލު ކުރެވިފައި އޮންނަނީ ހެނދުނުގެ ނާސްތާއަށް ވިއްޔާ ގަދަޔަށް ކާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހެނދުނު ނެގޭ ނާސްތާ އެއްގެ ސަބަބުން މުޅި ދުވަސް ހަރާބުވުމަކީ ދުރު ކަމެއް ނޫނެވެ.
- ބުރައުން ބުރެޑާއި ޕީނަޓް ބަޓަރ ނުވަތަ އެވަކާޑޯ އާއި ބޯވެލިފަތުގެ ސެލެޑް،
- ތާޒާ މޭވާ ޕޯޝަންއެއް،
- ތާޒާ މޭވާ އާއި ޔޯގަޓް
- ކޯންފްލެކްސް އާއި ލޯ ފެޓް މިލްކް
- ބުރައުން ބުރެޑް އަދި ފެނުކެއްކި ބިސް
މި ތަކެތި ހިމެނެ އެވެ. ނަމަވެސް މި ނޫނަސް ހަށިގަނޑަން ރަނގަޅު ބާވަތްތަށް ހުރެ އެވެ.
ދުވަސް ފެށުމުގެ ގޮތުން ނެގޭ ރަނގަޅު ނާސްތާއަކުން އެ ދުވަހުގެ ހަކަތަ އިތުރުކޮށްދެ އެވެ. ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހަނދާން ވަރުގަދަކޮށްދިނުމަށް އެހީތެރިވެދެ އެވެ. އަދި ޓައިޕް 2 ޑައިބެޓީސް އިން ރައްކާތެރިވުމަށް އެހީވެދިނުމުގެ އިތުރުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެ އެވެ.
ހެނދުނުގެ ނާސްތާ މުހިންމުވާ ސަބަބުގެ ތެރޭގައި ރޭގަނޑު ގިނައިރު އެއްޗެހި ނުކައި ނުބޮއި ނިދުމުގެ ތެރޭގައި ހޭދަވާ ވަގުތުތަކުގައި ހަށިގަނޑުގެ ތެރޭގައި ހުންނަ ހަކަތައިން އެބޭނުންކުރާ ބައި އިޔާދަކުރުން ހިމެނެ އެވެ.
އެހެން ކަމުން ދުވަހުގެ އަވަދިނެތި އުޅޭ އުޅުމަށް ފެށުމުގެ ކުރިން ސިއްހަތަ ފައިދާހުރި ރަނގަޅު ނާސްތާއެއް ނަގަން އާދަކުރައްވާ ށެވެ.