twitterviber whatsapp telegramfacebookyoutube instagram
5th July 2025

ސާއިރާ ބަންޑުންކޮށްލީ އެންމެންގެ އަޑު، ސާބަސް!

ނަބީލާ އިސްމާޢީލް
Mar 5, 2020
2

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ފޯރަމުގައި އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން ބައިވެރިވި ފާތިމަތު ސާއިރާ ސިޔާސީ ވެރިންނަށާއި ބޮޑެތި މަހުޖަނުންނަށް ދިން ރައްދުގެ މެސެޖުން އެންމެންގެ ހިތްތަކުން އޭނާއަށް ޝުކުރުވެރިވެ އެވެ.

ސޯޝަލްމީޑިއާގައި އަބަދުވެސް ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާއި ބެހޭގޮތުން ވާހަކަދައްކަމުން އަންނަ ސާއިރާ ރޭގައި އޭނާ ވަނީ ސިޔާސީ މީހުންނާއި ވިޔަފާރުވެރިން ދައްކާ އުޒުރުތައް ބަލައިނުގަނެ އެއަށް ރައްދު ދީފަ އެވެ.

އެގޮތުން ސާއިރާ ރޭގަ ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ހުރި ގޮންޖެހުންތަކާއި ދަތިތައް ކިޔައިދީ ސިޔާސީ މީހުންނާއި ވިޔަފާރުވެރިން ވަރުގަދަ ރައްދެއް ދެއްވާފައެވެ. ރާއްޖޭގައި ތިބި ވިޔަފާރިވެރިން މިނިމަމްވޭޖް ކަނޑަ އެޅިޔަނުދިނުމަށް ހުރަސްއަޅާކަމާއި ސަރުކާރާއި ބައެއް މަޖިލިސް މެމްބަރުން ވިޔަފާރިވެރިން ބޭނުންވާ ގޮތަށް ކަންކަން ނުވަތަ ބިލްތައް ފާސްކުރުމުގައި އިސްކަން ދޭކަންވެސް ސާއިރާ ވަނީ ފާހަގަ ކޮށްފަ އެވެ.

މިހާރު މިނިމަމް ވޭޖް ކަނޑައެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިގްތިސޯދު ކަމަށް ރޭ ބުނެފައިވާއިރު ސާއިރާވަނީ ކާކުގެ އިގްތިސޯދެއްގެ ވާހަކަތޯ އެ ދެކެވެނީ އަހާ ސުވާލު އުފައްދާފަ އެވެ. ސައިރާ އިތުރަށް ބުނެފައިވަނީ އިގުތިސޯދަކީ ވަކިބައެއްގެ ވިޔަފާރި ފައިދާއަށް ކިޔާނަމެއްތޯ ނޫނީ ރައްޔިތުންނާވެސް ގުޅޭ ގޮތަށް ކިޔާފައިވާ ނަމެއްތޯ އަހާ ވަރަށް ސީދާކޮށް ބޭފުޅުންނަށް ރައްދު ދީފަ އެވެ.

ސާއިރާގެ ވާހަކަތަކުން އެތަނުގައި ތިބި ފޯރަމުގެ ބައިވެރިން އޭނާއަށް ތަރުހީބުދީ އަތްޖަހަމުން ދިޔަ އެވެ.

އޭނާ ބުނި ގޮތުގައި އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރި މީހެއް ކަމަށާއި ކުރީގެ ފިރިމީހާއަކީ ވެސް އުމުރުން ވަރަށް ކުޑައިރުން ފެށިގެން އެ ދާއިރާގައި އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން ދާއިރާގެ މުވައްޒަފުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ސާއިރާ އިތުރަށް ބުނީ ހަމައެކަނި ފަސް އަހަރުން އެއް އަހަރު ވޯޓުލުމަކީ ޑިމޮކްރަސީއެއް ނޫންކަމަށާއި ރައްޔިތުންގެ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ ލައިފަށް އެފެކްޓް ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ސޭއެއް ބޭނުންވާންޖެހޭ ބޭނުން ކުރަން ޖެހޭ، އަޑުއަހަން ޖެހޭ، ކަމުގަ އެވެ.

އޭނާ ބުނީ އަސާސީ ހައްގަކީ ހަމައެކަނި ޖަލަށް ނުލުން ނޫނީ ޖަލުގައި ނުތެޅުން ނޫކަމަށާއި މަސައްކަތް ކުރާ ވަގުތު ކުޑަވެ އާއިލާއާއެކު ހޭދަ ކުރެވެން ޖެހޭނެ ކަމަށެވެ. ކުލި ކޮންޓްރޯލްވުމާއި ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަކީ ސަރުކާރަށް އޮންނަ ބުރަ ކުޑަވާނެ ކަމެއް ކަމަށެވެ.

ސާއިރާގެ ވާހަކަތަކާ ގުޅިގެން މެންބަރު އީސާ ނުރުހުންވީ ނަމަވެސް އާންމުންގެ ތައުރީފު ސާއިރާއަށް ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ. އަދި އާންމުންގެ ހައްގުގައި ވާހަކަ ދެއްކުމަށް ބޭނުން ވަނީ އެފަދަ ކެރޭ ކަނބަލުން ކަމަށް އަންނަނީ ބުނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355