ކަޅު ކޮފީއަކީ ދިވެހިންނަށްވެސް މިހާރު އާ ބުއިމަކަށް ނުވާނެ އެވެ. އަދި ގިނަ މީހުން އެންމެ ގިނައިން ބޯ އެކަށްޗަކަށް ކޮފީ ވާނެ ކަމާއިމެދު ޝައްކެއްނެތެވެ. އަދި ގިނަމީހުން ދުވަހުގެ ފެށުން ކޮފީއަކުން ނޫނީ ނުފަށައެވެ. ކަޅު ކޮފީ ބުއިމުން ހަށިގަނޑަށް ފައިދާވެސް ކުރާ ބުއިމެކެވެ. ހަމަ އެހެންމެ ގެއްލުންވެސްވެ އެވެ.
އެކި މީހުން ކޮފީ ބޮއެ އުޅެނީ އެކި ސަބަބު ތަކަށެވެ. އެއްބަޔަކަށް ކޮފީ އަކީ އެންމެ މަގުބޫލު ބުއިމަށް ވާއިރު އަނެއް ބައި މީހުން ކޮފީ ބޮއެ އުޅެނީ ނުނިދާ ހެލާ ހުރުމައްޓަކައެވެ. އަދި ރައްޓެހިންނާއި އެކު ބޭރަށް ނިކުމެ އުޅޭ އިރު ވެސް ގިނަ ފަހަރަށް އެންމެންނަށް ވެސް ބޮވޭ އެކައްޗަކީ ކޮފީއެވެ.
ނަމަވެސް އެންމެންނަށް ކޮފީއަކީ ރަނގަޅު އެއްޗެށް ކަމަކަށް ނުވެ އެވެ. ނަމަވެސް ކޮންމެ އެއްޗެށްވެސް ވަކި ވަރަކަށް ވުރެން އިތުރަށް ބޭނުން ކުރުމުން އޭގެ ގެއްލުން ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ކެފެއިން އަކީ ހަށިގަނޑަށް އެހާފައިދާހުރި އެއްޗެށް ނޫންކަމަށް ސިއްހީ މާހިރުން ބުނެ އެވެ. ކޮފީ އަކީ ގިނަ އަދަދަކަށް ކެފެއިން އެކުލެވިގެންވާ އެޗެށްކަމުން ކޮފީ މާގިނައިން ބުއިމުން އޭގެ ފައިދާއަށްވުރެން ގެއްލުން ބޮޑުވެ އެވެ.
ބައެއް ސިއްހީ މާހިރުން ބުނަނީ ކޮފީ އިން ލިބެން ޖެހޭ ފައިދާ ބޮޑަށް ލިބެނީ ކަޅުކޮފީ ބުއިމުން ކަމަށެވެ. އާންމުކޮށް ދުވާލަކު ދެ ތަށި ކަޅު ކޮފީ ބޯ މީހަކީ ހަނދާން ގަަދަ ބައެއް ކަމަށްވެ އެވެ. އެއީ ކޮފީގައި ހިމެނޭ ކެފެއިންގެ ސަބަބުންނެވެ. އާންމުކޮށް ދުވާލަކު ދެ ތަށި ކަޅުކޮފީ ބޯ ނަމަ އުމުުރުން ދުވަސް ވުމުން ހަނދާން ވަރުގަދަވުމަށް އެހީއަކަށްވެ އެވެ.
ކަޅުކޮފީ އަކީ ލޯ ކެލޮރީ އެއްޗެއް ކަމުން ކޮފީ ބުޔަސް ހަށިގަނޑަށް އިތުރަށް ހަކުރު އެތެރެ އެއް ނުވެ އެވެ. މީގެ އިތުރުން ކަޅު ކޮފީ އަކީ ކަސްރަތު ކުރުމަށްވެސް އެހީއެކެވެ. ކަސްރަތު ކުރުމުގެ ގަޑިއެއްހާއިރު ކުރިން ކޮފީ ބުއިމަކީ ކަސްރަތު ކުރުމަށް އިތުރު އެހީތެރިކަމެއް ލިބި ކަސްރަތު ކުރުމުގެ ސަބަބުން ގައިގެ މަސްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ މަސްތަކުގައި ރިއްސުން ދުރުކޮށްދޭ ކަމެކެވެ.
އަދި މިއީ ރާއްޖޭގައިވެސް މިހާރު އާންމު ބައްޔެއްކަމަށް ވާ ހިތުގެ ބަލިތަކަށްވެސް ފަރުވާ އެކެވެ. ދުވާލަކު އެއް ތަށި ކަޅުކޮފީ ބޯ ނަމަ ސްޓްރޯކް އަދި ހާރޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކަން ކޮރެއާގައި ކޮށްފައިވާ ދިރާސާއަކުން ދައްކަ އެވެ. އަދި މޭގެ ކެންސަރު، ލޭމައްޗަށްދިއުން ލޭހޮޅިތަކުގައި ސަރުބީ ޖެހުމުގެ މައްސަލަތަކަށް ވެސް ދުވާލަކު 2 ނޫނީ 3 ކޮފީ ބޯ މީހުންގެ ތެރެއިން 80 އިންސަ މީހުން ދުރުވުމަށް އެހީތެރިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.