twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވައިރަސްގެ އަސަރު 79 ގައުމަކަށް

ޚަދީޖާ އާދަމް
Mar 8, 2020

މިދިޔަ އަހަރުގެ ޑިސެންބަރު މަސްތެރޭ ޗައިނާގެ ވޫހާން ސިޓީގައި ފެތުރުނު ކޮރޯނާ ނުވަތަ ކޮވިޑް-19 މިހާރު ދުނިޔޭގެ 79 ގައުމަކަށް ވަނީކޮށްފަ އެވެ.

މިއާއެކު ބައިނަލްއަގްވާމީ ދަތުރުކުރާ އެއާލައިންތަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެެވެ. ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރު ނޫނިއްޔާ ނުކުރުމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ވެސް އިލްތިމާސްކޮށްފައި ވާއިރު ގްލޯބަލީ މި ވައިރަހަށް މިހާރުވަނީ ލައްކައަކަށް ވުރެ ގިނަ މީހުންވަނީ ޕްޒިޓިވް ވެފައެވެ. އަދި ތިން ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ބައްޔަ މިހާތަނަށް ވެކްސިނެއްވެސް އުފެއްދިފައި ނުވާއިރު ޑަބްލިއުއެޗްއޯއިން ދަނީ ގަވައިދުން މި ބަލީގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އެގޮތުން ވައިރަސް އަރަމުންދާ ގައުމުތަކާއި، ބޮޑަށް ވައިރަސް ފެތުރެމުންދާ ވެސް ދަނީ ހިއްސާކުރަމުންނެވެ.

އެގޮތުން އެޝިޔާގެ ގައުމުތަކުގައި ޗައިނާ ފިޔަވާ މިހާތަނަށް ވައިރަސް ސައުތު ކޮރެއާ، ޖަޕާން، ސިންގަޕޯރ، މެލޭޝިޔާ، ވިއެޓްނާމް، ތައިލެންޑް އަދި އިންޑޮނޭޝިޔާއިން ވަނީ ފެނިފައެވެ.

ޔޫރަަޕްގެ ގައުމުތަކުގެ ތެރޭގައި މި ވައިރަސް މިހާތަނަށް ފެނިފައިވަނީ އިޓަލީ، ފްރާންސް، ޖާރުމަން، ސްޕެއިން، ޔޫކޭ، ސްވިޒަލޭންޑް، ނޯރވޭ، ނެދަލެންޑްސް، ސްވިޒަލެންޑް، ކްރޯޓިއާ، ޑެންމާކް، ފިންލޭންޑް، ގްރީސް، އަދި ރޮމޭނިޔާއިންނެވެ.

މީގެ އިތުރުން އިރާން، ޔުނައިޓެޑް އަރަބި އެމަރޭޓްސް އަދި ލެބަނާނުން ވެސް ވައިރަސް ފެނިފައިވާއިރު އެމެރިކާގެ ޔޫއެސް، ކެނެޑާއަދި އިކިޔުޑޯރ ވެސް ވައިރަސް ފެނުނު ގައުމުތަކުގައި ހިމެނެއެވެ.

މިހާތަނަށް އެފްރިކާއިން ވައިރަސް ފެނިފައިވަނީ ހަމައެކަނި އަލްޖީިރިއާއިންނެވެ. އަދި އޮސްޓްރޭލިއާއިން ވެސް ވަނީ ވައިރަސް ފެނިފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ދަތުރުކުރާނަމަ އަމިއްލަ ސަލާމަތަށް ސަމާލުކަން ދޭންވާނެ ކަމަށާއި ގިނައިން އަތްދޮވެ މޫނާ ނޭފަތް ނިވާކުރުން މުހިއްމު ކަމަށެވެ. އަދި ދަތުރުމަތީ އުޅޭނަމަ ކޮރޯނާއަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާހޯދަން ވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355