twitterviber whatsapp telegramfacebookyoutube instagram
21st May 2025

ރާއްޖެއަށް ބްރޫނާއިން ދޭން ސްކޮލަޝިޕް އިތުރު ކުރަނީ

Mar 8, 2020

ބްރޫނާއީއިން ރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރުކުރުމަށް އެގައުމުން ނިންމައިފި އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބްރޫނާއީއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ އާއި އެގައުމުގެ ސެކަންޑް ފޮރިން މިނިސްޓަރު އަދި އެޑިއުކޭޝަން މިނިސްޓަރާ ވަނީ ބައްދަލުކުރައްވާފަ އެވެ.

ރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރުކުރުމަށް އެގައުމުން ނިންމީ މިނިސްޓަރ ޝާހިދު އެގައުމުގައި ބޭއްވެވި ބައްދަލުވުންތަކުގައި އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުންނެވެ.

މި ބައްދަލުވުންތަކުގައި ރާއްޖެއަށް ބްރޫނާއީއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި މިހާރުވެސް ކޮންމެ އަހަރަކު ފަސް ސްކޮލާޝިޕް އެޤައުން ދޭކަން ފާހަގަކުރެއްވި އެވެ.

އެ މިނިސްޓްރީން ބުނީ ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ސްކޮލާޝިޕްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދުމާއި ބެހޭ ގޮތުން މި ދަތުރުފުޅުގައި މަޝްވަރާކުރެއްވި ކަމަށާއި މިނިސްޓަރ އެދިވަޑައިގެންނެވި ފަދައިން ރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން ބްރޫނާއީ ސަރުކާރުން ދީފައިވާކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު ބްރޫނާއީއަށް ރަސްމީ ދަތުރުކުރެއްވި ފުރަތަމަ ފަހަރެވެ. އެގޮތުން، 1999 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބްރޫނާއީއަށް ޒިޔާރަތްކުރައްވާފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355