twitterviber whatsapp telegramfacebookyoutube instagram
19th June 2024

އޭޑީކޭގައި ތިބި ހާލުބޮޑު ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މަނާކޮށްފި

ޚަދީޖާ އާދަމް
Mar 9, 2020

އޭޑީކޭގެ އައިސީޔޫ، ސީސީޔޫ އަދި އެޗްޑީޔޫގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރާ ގަޑި ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެ ހޮސްޕިޓަލުން މިގޮތަށް ނިންމާފައި މިވަނީ މހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ކޮރޯނާވައިރަސްގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޕްރައިވެޓް ރޫމާއި ވޯޑް ތަކުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކުރުން ވެސް ވަނީ ލިމިޓްކޮށްފައިވާއިރު ބަލިމީހާ ގާތުގައި އެންމެ އެހީތެރިޔަކު މަޑުކުރަން އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭޑީކޭއިން ބުނީ މިއީ އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނާއި އެހީތެރިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެމީހުން ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ފަރުވާދެމުން އަންނަ އިރު، ރާއްޖޭގެ އެލާޓް ލެވެލް ވަނީ ޔެލޯއަށް މަތިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355