twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވައިރަހަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ދެ ސަރަހައްދަކަށް ގޮސްފައިވޭ

Mar 9, 2020
1

ކޮވިޑް-19 ރާއްޖެއަށް ފެތުރެން ދިމާވި އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ދެ ސަރަހައްދަކަށް ގޮސްފައިވާކަން އެނގިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެގޮތުން އޭނާ އެނބުރި ގައުމަށް ދާން އައިސް މާލޭގެ މާގިރި ހޮޓަލަށާއި ޔުނިވަރސަލްގެ އޮފީހަށް އައިސްފައިވާކަން ހާމަވެފައިވާކަމަށް ކޮވިޑް-19އާ ގުޅޭ މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސްޕޯކްސް ޕާސަން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވި އެވެ.

މިކަމާ ބެހޭ މައުލޫމާތު ދެއްވަމުން ބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ކޮވިޑް-19ގެ އަލާމާތެއް ހުއްޓައި އެ ފަތުރުވެރިޔާ ކަމާބެހޭ މުއައްސަސާތަކަށް ނޭނގި ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށެވެ.

މަބްރޫކް ވިދާޅުވީ އިޓަލީގެ މި ފަތުރުވެރިޔާ ހުން އައިސް ކޮވިޑް-19ގެ އަލާމަތްތައް ފެނުމުން އެ ރިސޯޓްގެ ޑޮކްޓަރަށް ދައްކާފައިވާކަން ކޮންޓެކްޓް ޓްރޭސިންގް އިން ހާމަވެފައިވާކަމަށެވެ.

ބަލި ކޮންޓްރޯލްކުރުމަށް މާގިރި ހޮޓެލްގެ 15 ފަރާތެއް ރޫމް އައިސޮލޭޝަންގައި ބަހައްޓާފައިވާއިރު މިއިން އެއްވެސް ފަރާތެއްގެ ކިބައިން މި ބަލީގެ އަލާމަތްތައް މިހާތަނަށް އައިއިރުވެސް ފެނިފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކްވަނީ ޔުނިވަރސަލްގެ އޮފީހުން ފަތުރުވެރިޔާއާއި ކޮންޓެކްޓްވި މީހާގެ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނުމުން އޭނާ ފަރުކޮޅުފުއްޓަށް ކަރަންޓީން ކުރުމަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މަބްރޫކްވަނީ ކުރެއްދޫ ކޭސްއާއި ގުޅިގެން އެރަށުން ބޭރުގައި 7 ފަރާތެއް އައިސޮލޭޓްކޮށްފައިވާކަން ހާމަކުރައްވާފައެވެ.

އަދި މިހާތަނަށް އައިއިރު މި ވައިރަސް ހުރިތޯ ބެލުމަށް 63 ސާމްޕަލްއެއް ނަގާފައިވާކަމަށެވެ. އެގޮތުން މިހާރު ށ. ފޯކައިދޫ އާއި ޅ. ހިންނަވަރުން ދެ މީހެއްގެ ސާމްޕަލް ނެގުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355